Ads by
ޚަބަރު
ބޭސްފަރުވާ ފުރިހަމަ ކުރުމަށްފަހު އަދީބު ރާއްޖެއަށް!
ބޭސްފަރުވާއަށް ފަހު އަދީބު ރާއްޖެ ވަޑައިގެންފި.. ފޮޓޯ | އެމްވީ ކްރައިސިސް

ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބުގެ ސިއްހީ ހާލު ހުރި ގޮތުން ބޭސްފަރުވާ ކުރުމަށް ރާއްޖެ އިން ބޭރަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.

Ads by Eki Online

އަދީބު ބޭސްފަރުވާއަށް ސިންގަޕޫރަށް ފުރީ ޖުލައި 12 ވަނަ ދުވަހުއެވެ. އަދީބު ބޭސްފަރުވާއަށް ހުއްދަދެއްވީ، ރާއްޖެއިން ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށްކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވަނީ ވިދާޅުވެފައެވެ.

އަދީބު ބޭރުގައި ހުންނަވާ ސިއްހީ ފަރުވާގެ މުއްދަތު އިތުރުކުރުމަށް 2 ފަހަރެއްގެ މަތިން އެދިވަޑައިގެންނެވިއެވެ. އަދި އެ މުއްދަތު އިތުރުކޮށްދެއްވާފައިވެއެވެ. އަދި ފަހުން މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިވާއިރު 1 އޮކްޓޯބަރުގެ ނިޔަލަށް ވަނީ އެ މުއްދަތު އިތުރުކޮށްދީފައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ސާބިތުވެ އޭނާގެ މައްޗަށް 2020ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަވަނަ ދުވަހު ވަނީ 20 އަހަރުދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

އަދީބަށް ކޮށްފައި ވަނީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

ހުކުމް ކުރުމުގެ ތިން ދުވަސް ކުރިން އަދީބުގެ ބަލި ހާލަތު ހުރި ގޮތުން އޭނާ ވަނީ ގެއަށް ބަދަލުކޮށްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *