Saturday, 17 October 2026
Ads by

އދ. ކުނބުރުދޫގައި އަލަށް އިމާރާތްކުރި ފުލުހުންގެ މަރުކަޒު ހުޅުވައި ޚިދުމަތް ދޭން ފަށައިފި

އދ. ކުނބުރުދޫގައި އަލަށް އިމާރާތްކުރި ފުލުހުންގެ މަރުކަޒު ހުޅުވައި ޚިދުމަތް ދޭން ފަށައިފި

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުން ގާއިމުވެ ތިބެގެން ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، އދ. ކުނބުރުދޫގައި އަލަށް އިމާރާތްކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.

Ad Image
Ads by

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން އިމާރާތްކުރި މި މަރުކަޒުގެ ބިންގާ އަޅާފައިވަނީ 7 އޮކްޓޫބަރު 2025 ގައެވެ. އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި މިއަދު ހުޅުވި މި މަރުކަޒު ރަސްމީކޮށް ހުޅުވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ 63 ރަށެއްގައި ފުލުހުން ފިޒިކަލީ ގާއިމުވެ ތިބެގެން ޚިދުމަތް ދެމުން ނުދާ ކަމަށެވެ. ނަމަވެސް، ފުލުހުން ކުރެއްވި ބުރަ މަސައްކަތުން މިހާރު އެ 63 ރަށުގައިވެސް ފުލުހުން ގާއިމުވެ ތިބެގެން ޚިދުމަތް ދެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އޭރު އަމިއްލަ މަރުކަޒުތައް ހުރީ އެންމެ 17 ރަށުގައި ކަމަށާއި، ގާތްގަނޑަކަށް 170 އެއްހައި ރަށުގައި ފުލުހުން ޚިދުމަތް ދެމުންދިޔައީ ކައުންސިލު އިދާރާތަކާއި އަމިއްލަ ތަންތަން ކުއްޔަށް މަރުކަޒުކޮށްގެން ވަރަށް ދަތި ހާލުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ދިނުމަށް ހާއްސަކޮށް ޑިޒައިންކުރެވިފައިވާ 154 މަރުކަޒު އެޅުމަށް ސަރުކާރުން ބޮޑު މަޝްރޫއެއް ފަށާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުނބުރުދޫ ފަދަ އާބާދީ ކުދި އަދި ކުށް މަދު ރަށްރަށުގައިވެސް ފުލުހުންގެ ހާއްސަ މަރުކަޒުތައް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ ކުށުގެ ވެށި އުފެދުމުގެ ކުރިން މުޖުތަމައާ ގުޅިގެން އަމާން ވެއްޓެއް ދެމެހެއްޓުން ކަމަށް ވަޒީރު ވިދާޅުވިއެވެ. ރަށުގައި މާ ބައިވަރު ކުށްތަކެއް ނުހިނގި ކަމުގައިވިޔަސް، މިފަދަ މަރުކަޒެއް ހުރެގެން ރައްޔިތުންނާއި މުއައްސަސާތަކާ ގުޅިގެން ކުރާ ކޮމިއުނިޓީ ބޭސްޑް މަސައްކަތްތަކަކީ އަމާން ވެށި ދެމެހެއްޓުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ގައުމީ ފެންވަރުގައި ފުލުހުންގެ ޚިދުމަތުން ހާއްސަ އިސްކަމެއް ދީގެން ހައްލުކުރަންޖެހޭ މައިގަނޑު ހަތަރު ދާއިރާއެއް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ މާހައުލު ނައްތާލުމާއި، ގޭންގު ކުށްތައް ހުއްޓުވުމާއި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ އިތުރުން ކުޑަކުދިން ކުށުގެ ވެށިން ރައްކާތެރިކުރުން ހިމެނެއެވެ. އަދި އައު މަރުކަޒާއެކު ރައްޔިތުންނާ ގާތުން، ރައްޔިތުންގެ އިތުބާރު ލިބޭ ފަދަ ފުރިހަމަ ޚިދުމަތެއް ފުލުހުންގެ ފަރާތުން ފެނިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

 

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
kudhudhufushi
ކުޅުދުއްފުށީގައި ދެ ސައިކަލު އެކްސިޑެންޓްވެ އަންހެނެއްގެ ފައި ބިނދި، އިތުރު ބަޔަކަށް އަނިޔާވެއްޖެ
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި