Ads by
ޚަބަރު
ނިޒާމީ ވޯޓެއް ނަގަނީ ކީއްވެތޯ ސާފެއް ނުވޭ: އީސީ

ނިޒާމީ ވޯޓެއް ނަގަނީ ކީއްވެގެންކަން ރައްޔިތުންނަށްވަރަށް ސާފުކޮށް އެނގެން ޖެހޭ ކަމަށާއި އެހެންވެ އެއީ ކީއްވެގެން ނަގާ ވޯޓެއްތޯ ސާފުކޮށްދޭން ރައްޔިތުންގެ މަޖިލީހުގައި އެދިފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

Ads by Eki Online

އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަިއ ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ ނިޒާމީ ވޯޓެއް ނެގުމާއި ގުޅޭ ޤާނޫނެއް ނެތުމުން، ޤަވާއިދެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އީސީން ވިދާޅުވީ ނިޒާމީ ވޯޓެއް ނަގާ ނަމަ، ވޯޓާސް ރަޖިސްޓްރީއެއް ވެސް އޮންނަން ޖެހޭ ކަމަށާއި ޝަކުވާ ހުށަހެޅޭނެ ގޮތްތަކާއި ތައްޔާރުވާން ގިނަ ކަންކަން ހުންނާނެ ކަމަށެވެ.

ނަމަވެސް އުފެދިފައި އޮތް ގާނޫނީ ސުވާލުތަކަށް ޖަވާބު ލިބިގެން ނޫނީ ކުރިއަށް ނުދެވޭނެ ކަމަށް އީސީން ވިދާޅުވިއެވެ. އީސީން ވިދާޅުވާ ގޮތުގައި އެ ވޯޓްގައި އަހަންވީ ސުވާލު ސާފެއް ނޫނެވެ.

“ރައްޔިތުންގެ ގާތު އަޅުގަނޑުމެން އިލެކްޝަން ކޮމިޝަނުން އަހަންވީ ކޮން ސުވާލެއްތޯ؟ އެ ސުވާލު ކޮބައިތޯ؟ އެ ސުވާލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ފޮނުއްވައި ދެއްވާށޭ” އީސީން ވިދާޅުވިއެވެ.

ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން އާންމު ވޯޓެއް ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް މަޖިލީހުން އަންގާފައިވަނީ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *