Friday, 23 October 2026
Ads by

”ޒިންމާދާރު ޖީލެއް ބިނާކުރުމަކީ ގައުމުގެ މުސްތަގުބަލަށްޓަކައި ކުރެވޭ އެންމެ އަގުހުރި އިންވެސްޓްމަންޓް“

”ޒިންމާދާރު ޖީލެއް ބިނާކުރުމަކީ ގައުމުގެ މުސްތަގުބަލަށްޓަކައި ކުރެވޭ އެންމެ އަގުހުރި އިންވެސްޓްމަންޓް“

ހޯމް މިނިސްޓަރު ޢަލީ އިޙުސާން---

އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޒިންމާދާރު އަދި ގައުމީ ހިދުމަތަށް ތައްޔާރުވެފައިވާ ޖީލެއް ބިނާކުރުމަކީ، ގައުމުގެ މުސްތަގުބަލަށްޓަކައި ކުރެވޭ އެންމެ އަގުހުރި އެއް އިންވެސްޓްމަންޓް ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު އިޙުސާން މި މޭރުމުން ވިދާޅުވީ، ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ”ދިވެހި ވަތަނީ ހިދުމަތް“ ޕްރޮގްރާމަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި، މީސްމީޑިއާ މެދުވެރިކުރައްވައި ހިއްސާކުރެއްވި މެސެޖެއްގައެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މި ޕްރޮގްރާމަކީ ޒުވާނުންގެ ކިބައިގައި ރިވެތި އަހުލާގާއި ސުލޫކު އަށަގަންނުވައި، ކެތްތެރިކަމާއެކު ގޮންޖެހުންތަކާ ކުރިމަތިލުމުގެ ހިތްވަރާއި، ލީޑަރޝިޕް ހުނަރުތަކުގެ އިތުރުން ގައުމީ ލޯބި އާލާކޮށްދޭ މުހިންމު ބިންގަލެކެވެ.

މީގެއިތުރުން، ދިރިއުޅުމުގެ އަމަލީ ހުނަރުތައް ދަސްކޮށްދީ، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާއެކު، މުޖުތަމައަށް ހެޔޮ އަދި އިންގިލާބީ ބަދަލުތަކެއް މި ޕްރޮގްރާމުގެ ދަށުން ގެނެސްދެވިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ޒުވާނުން ބާރުވެރިކުރުވައި އެމީހުންގެ ގާބިލުކަން އިތުރުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ދުރުވިސްނުންފުޅާއި ކުރައްވާ އަގުހުރި މަސައްކަތްޕުޅުތަކަށް ވަޒީރު ވަނީ ޝުކުރުއަދާކުރައްވައި ތަޢުރީފު ކުރައްވާފައެވެ.

”ދިވެހި ވަތަނީ ހިދުމަތް“ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ، 1 އޮކްޓޫބަރު 2025 ގައި ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މިހާތަނަށް މި ޕްރޮގްރާމްގެ ތިން ބެޗަކުން ޖުމްލަ 1,028 ޒުވާނުން ވަނީ ވަތަނީ ހިދުމަތުގެ އަސާސީ ތަމްރީނު ފުރިހަމަކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20261023_212845
އަނިޔާވެރިކަމާ ދެކޮޅަށް ރަޝިޔާގެ އިސްތިއުމާރީ ވެރިކަމަށް ދޫނުދިން ޗެޗްނިޔާގެ ޢިލްމުވެރިއެއް ޝަހީދުކޮށްލައިފި
iPhone duo
އެމެރިކާއާ އެއް ދުވަހެއްގައި އެޕަލް ޑުއޯ ރާއްޖޭގައި ލޯންޗުކޮށް، އެލް ސްޓޫޑިއޯއިން ވިއްކަން ފަށައިފި
IMG-20261023-WA0017
ވިއްސާރައިގެ ގެއްލުންތަކުން އަރައިގަތުމަށް ފުލުހުންގެ އެހީތެރިކަން ރަށްރަށަށް
DSC_2131
ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
mn tv565
އެމްއެން ޓީވީގެ ވެރިން ސަރުކާރާއެކު ތިބެ، އެ ޗެނަލުން ސަރުކާރާ ދެކޮޅަށް ކެމްޕެއިން ކުރާތީ ފާޑުކިޔުން އަމާޒުވެއްޖެ
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
mn tv565
އެމްއެން ޓީވީގެ ވެރިން ސަރުކާރާއެކު ތިބެ، އެ ޗެނަލުން ސަރުކާރާ ދެކޮޅަށް ކެމްޕެއިން ކުރާތީ ފާޑުކިޔުން އަމާޒުވެއްޖެ
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި