Ads by
ޚަބަރު
ޑިމޮކްރެޓްސްއާއި އެމްޑީޕީ އަކީ އެއް ފިކުރެއް: އަސްލަމް

އެމްޑީޕީގައި އިސްކޮށް އުޅުއްވުމަށް ފަހު ވަކިވެވަޑައިގެންނެވި ބޭފުޅުންތަކެއް އުފެއްދެވި ދަ ޑިމޮކްރެެޓްސްއާ އެމްޑީޕީއާ ދެމެދު ފިކުރުގެ ތަފާތެއް ނެތް ކަމަށް އެމްޑީޕީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ރަނިންމޭޓް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫ ހުޅުދޫއަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން އަސްލަމް ވިދާޅުވީ އެމްޑީޕީއާއި ޑިމޮކްރެޓްސްގެ މެންބަރުންނާ ދެމެދު ފިކުރުގެ އެއްވެސް ތަފާތެއް ނެތްކަމަށާއި، ޚިޔާލު ތަފާތުވުން ބައެއް ކަންކަމުގައި އެބައޮތްކަމަށެވެ.

އަދި އެމްޑީޕީއާއި ޑިމޮކްރެޓްސްއާ ފިކުރުގެ ގޮތުން އެއްވެސް ތަފާތެއް ނެތް ކަމަށާއި އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ތެރޭގައި ބައެއް ކަންކަން ކުރުމުގައި ހިޔާލުގެ ތަފާތެއް މިއޮތީ. މިއީ ވަރަށް ގާތް ގުޅުމެއް އޮތް، އެއް އާއިލާއެއް ކަމުގައި އަޅުގަނޑު ދެކެނީ،” އަސްލަމް ވިދާޅުވިއެވެ.

އަސްލަމް މިފަދައިން ވިދާޅުވެފައިވާއިރު، ޑިމޮކްރެޓްސްއިން ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީއާއި ޕީއެންސީގެ ކެންޑިޑޭޓަށް ވެސް ތާއިދު ނުކުރަން ނިންމާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *