Saturday, 17 October 2026
Ads by

170 އަށްވުރެ ގިނަ ޔަހޫދީންނާއެކު އިޒްރޭލަށް ދަތުރުކުރި ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު ކޯ-ޕައިލެޓް ސަޢޫދީއިން ހައްޔަރުކޮށްފި

170 އަށްވުރެ ގިނަ ޔަހޫދީންނާއެކު އިޒްރޭލަށް ދަތުރުކުރި ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު ކޯ-ޕައިލެޓް ސަޢޫދީއިން ހައްޔަރުކޮށްފި

ބުދަ ދުވަހު، ތެލްއަވީވް ކައިރިން ލޮޑްގައި އޮންނަ އިޒްރޭލުގެ ބެން ގުރިއަން އެއަރޕޯޓަށް ޖެއްސުމަށްޓަކައި، ފްލައިޓް ދުބާއީގެ ބޮއިންގް 737 މެކްސް 8 މަރުކާގެ މަތިންދާބޯޓެއް ތައްޔާރުވަނީ. (އޭ.އެފް.ޕީ)

ދުބާއީއިން އިސްތިއުމާރުކޮށްފައިވާ ތެލް އަވީވްއަށް ދަތުރުކުރަމުންދަނިކޮށް ސަޢޫދީ ޢަރަބިއްޔާއަށް ޖެއްސި ”ފްލައިދުބާއީ“ (އެފްޒެޑު 1073) ބޯޓުގެ ކޯ-ޕައިލެޓް، ކެޕްޓަނަށް ވަޅިން ޙަމަލާދީ ބޯޓު ވައްޓާލަން މަސައްކަތްކޮށްފިކަމަށް އިޒްރޭލުން ބުނެފިއެވެ.

Ad Image
Ads by

އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނި ގޮތުގައި، 170 އަށްވުރެ ގިނަ އިޒްރޭލު ޔަހޫދީންނާއެކު ދަތުރުކުރަމުންދިޔަ މި ބޯޓުގެ އޮމާނަށް ނިސްބަތްވާ ކޯ-ޕައިލެޓް ވަނީ ކެޕްޓަނަށް ވަޅިން ޙަމަލާދީ، ބޯޓުގެ ކޮންޓްރޯލް އަތުލައި ބޯޓު ވައްޓާލަން މަސައްކަތްކޮށްފައެވެ. ފްލައިޓް ޓްރެކިންގ މަޢުލޫމާތުތަކުން ދައްކާގޮތުގައި ގާތްގަނޑަކަށް އެއް މިނިޓު ތެރޭގައި ބޯޓު ވަނީ 33,000 ފޫޓުމަތިން 17,000 ފޫޓަށް ތިރިކޮށްފައެވެ.

މުޖުރިމު ނަތަންޔާހޫ ބުނީ، ބޯޓު ވެއްޓެމުން ދަނިކޮށް އިޒްރޭލުގެ ފަސިންޖަރަކާއި އޮފް-ޑިއުޓީގައި ތިބި ފްލައިދުބާއީގެ އެހެން ކްރޫންތަކެއް ގަދަކަމުން ކޮކްޕިޓަށް ވަދެ، ޙަމަލާދިން ޕައިލެޓް ހުއްޓުވާފައިވާ ކަމަށެވެ. އަދި އެހެން ޕައިލެޓަކު ބޯޓުގެ ކޮންޓްރޯލް ނަގައި، ސަޢޫދީގެ ތަބޫކަށް ވަނީ ރައްކާތެރިކަމާއެކު ޖައްސާފައެވެ.

ޙަމަލާދިން ކޯ-ޕައިލެޓް މިހާރު ވަނީ ސަޢޫދީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އިޒްރޭލުގެ ޑިފެންސް މިނިސްޓަރ ވަނީ މިއީ ”ޖިހާދީ ޓެރަރިސްޓް ޙަމަލާއެއް“ ގެ ގޮތުގައި ސިފަކުރައްވާފައެވެ. ބޯޓު ވެއްޓެން ފެށުމާއެކު އިސްރާއީލުން ވަނީ އެޤައުމުގެ ފައިޓަރ ޖެޓުތައްވެސް ވައިގެ ތެރެއަށް ނެރެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި