Saturday, 17 October 2026
Ads by

”ތެލަސީމިއާ ކުދިންގެ އެލަވަންސް ބޮޑުކުރެވިއްޖެ، މިވަގުތު އެކަނިވެސް 500 އަށްވުރެ ގިނަ ކުދިންނަށް އެހީ ލިބެމުންދޭ“

”ތެލަސީމިއާ ކުދިންގެ އެލަވަންސް ބޮޑުކުރެވިއްޖެ، މިވަގުތު އެކަނިވެސް 500 އަށްވުރެ ގިނަ ކުދިންނަށް އެހީ ލިބެމުންދޭ“

ހެލްތް މިނިސްޓަރު ޤީލާ ޢަލީ--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ތެލަސީމިއާ ބަލި ތަހައްމަލުކުރަމުންދާ ކުދިންނަށް ދައުލަތުން ދެމުން އަންނަ އެލަވަންސް މަހަކު 2،000 ރުފިޔާއަށް ބޮޑުކޮށްފައިވާ ކަމަށާއި، މިހާރު 500 އަށްވުރެ ގިނަ ކުދިންނަށް މި އެލަވަންސް ލިބެމުންދާ ކަމަށް ހެލްތް މިނިސްޓަރު ޤީލާ ޢަލީ މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރު ޤީލާ ވިދާޅުވީ، ތެލެސީމިއާ ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ހާއްސަ އެލަވަންސެއް ހަމަޖައްސައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވައުދުފުޅެއް ކަމަށެވެ.

އެގޮތުން 1 ޖަނަވަރީ 2026 އިން ފެށިގެން މި ބަލި ތަހައްމަލުކުރާ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި 1،000 ރުފިޔާ ދޭން ފެށުނު ނަމަވެސް، ރައީސްގެ ހާއްސަ ނިންމެވުމުގެ ދަށުން އެ އަދަދު މިހާރު 2،000 ރުފިޔާއަށް ބޮޑުކޮށްދެއްވާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މި ބަދަލާއެކު ރާއްޖޭގައި ތިބި 500 އަށްވުރެ ގިނަ ތެލަސީމިއާ ކުދިންނަށް މި އެލަވަންސް ގަވާއިދުން ލިބެމުންދާކަން މިނިސްޓަރު ވަނީ  ފާހަގަކުރައްވައިފައެވެ.

ތެލެސީމިއާ ކުދިންނާއި އެ ކުދިންގެ އާއިލާތަކުގެ ހާލަތު ރަނގަޅުކޮށް، އެކުދިންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށް މި ސަރުކާރުން އަންނަނީ ވަރަށް ބޮޑު އިސްކަމެއްދީގެން މަސައްކަތް ކުރަމުންނެވެ. އެގޮތުން، މި ބައްޔަށް ދާއިމީ ފަރުވާއެއް ހޯދައިދިނުމުގެ ގޮތުން ޒަކާތު ފަންޑުގެ އެހީގައި މިހާތަނަށް 28 ކުއްޖަކު ވަނީ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވައިފައެވެ. އިސްލާމިކް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ކޮންމެ އަހަރަކު 10 ކުއްޖަކަށް ބޯންމެރޯ ހެދުމަށް ކޮންމެ ކުއްޖަކަށް އެއް މިލިއަން ރުފިޔާއަށް ވުރެ އިތުރުނުވާނެހެން އަހަރަކު ޖުމްލަ 10 މިލިއަން ރުފިޔާ ސަރުކާރުން އަންނަނީ ހަރަދުކުރަމުންނެވެ.

މިނިސްޓަރު ޤީލާ އިތުރަށް ވިދާޅުވީ، މާލީ އެހީތެރިކަމާއި ބޯންމެރޯ ހެދުމުގެ ހިދުމަތް ފަދަ ކަންކަން ފަހިކޮށްދީގެން ތެލަސީމިއާ ކުދިންނަށް ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް މަސައްކަތް ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި