Sunday, 25 October 2026
Ads by

ސަރުކާރުގެ އެހީގައި މިހާތަނަށް 28 ކުއްޖަކު ބޯންމެރޯ ހަދަން ފޮނުވިއްޖެ: ޤީލާ

ސަރުކާރުގެ އެހީގައި މިހާތަނަށް 28 ކުއްޖަކު ބޯންމެރޯ ހަދަން ފޮނުވިއްޖެ: ޤީލާ

ހެލްތް މިނިސްޓަރު ޤީލާ ޢަލީ--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ސަރުކާރުގެ އެހީގައި މިހާތަނަށް 28 ކުއްޖަކު ތެލެސީމިއާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވިފައިވާ ކަމަށް ހެލްތް މިނިސްޓަރު ޤީލާ ޢަލީ މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރު ޤީލާ ވިދާޅުވީ، ތެލެސީމިއާ ކުދިންނަށް ދާއިމީ ފަރުވާއެއް ހޯދައިދިނުމަށްޓަކައި ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީއާއި ހެލްތް މިނިސްޓްރީއާ ދެމެދު 21 ފެބުރުއަރީ 2024 ގައި އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާ ކަމަށެވެ.

މިނިސްޓަރު ހާމަކުރެއްވި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ކޮންމެ އަހަރަކު 10 ކުއްޖަކަށް، ބޮލަކަށް އެއް މިލިއަން ރުފިޔާއަށްވުރެ އިތުރުނުވާނެ ގޮތުގެ މަތިން ޖުމުލަ 10 މިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އިންތިޒާމުގެ ތެރެއިން މިހާތަނަށް 28 ކުއްޖަކު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވި، ފަރުވާގެ ކަންކަން ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

”ބޯންމެރޯ ޓްރާންސްޕްލާންޓުގެ ހިދުމަތުގެ ދަށުން 28 ތެލެސީމިއާ ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމަށް މިހާރު ވަނީ ފޮނުވިފަ. ކޮންމެ އަހަރަކު 10 ކުއްޖަކު ފޮނުވުމަށް ހަމަޖެހިފައިވާއިރު ކޮންމެ ކުއްޖަކަށް އެއް މިލިއަން ރުފިޔާ ހަރަދުކުރެވޭ.“ – މިނިސްޓަރު ޤީލާ ވިދާޅުވިއެވެ.

މިނިސްޓަރު މި މޭރުމުން ވިދާލުވެފައިވާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ، ތެލެސީމިއާ ކުދިންނާއި އެ ކުދިންގެ އާއިލާތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ދާއިމީ އަދި ލުއިފަސޭހަ ހައްލެއް ހޯއްދަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާއްސަ އަހަންމިއްޔަތުކަމެއް ދެއްވާ މުހިންމު ސިޔާސަތެކެވެ. ރައީސްގެ ވައުދުފުޅާ އެއްގޮތަށް، ދައުލަތުގެ ހަރަދުގައި މިފަދަ އަގުބޮޑު ފަރުވާތައް ހަމަޖައްސައިދިނުމަކީ ތެލެސީމިއާ ކުދިންނަށް އުންމީދީ އަދި ފާގަތި މުސްތަގުބަލެއް ހޯދައިދިނުމަށް އެޅިގެންދިޔަ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ދެކެއެވެ.

ސަރުކާރުގެ އަމާޒަކީ އެއްވެސް ތެލެސީމިއާ ކުއްޖަކު ބާކީނުކޮށް، އެ ކުދިންނަށް ބޭނުންވާ ސިއްހީ ފަރުވާއާއި އެހީތެރިކަން މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގައި ދެމިއޮތުން ކަމަށް މިނިސްޓަރު ޤީލާ އިތުރަށް ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި