Saturday, 24 October 2026
Ads by

ރާއްޖެއަށް އަންނަ އިންވެސްޓަރުން ފައްސާލާތީ އިދިކޮޅުގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފެދޭ: ހީނާ

ރާއްޖެއަށް އަންނަ އިންވެސްޓަރުން ފައްސާލާތީ އިދިކޮޅުގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފެދޭ: ހީނާ

ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރާއްޖެއަށް އަންނަ ބޮޑެތި އިންވެސްޓްމަންޓްތަކާ ބެހޭގޮތުން ދޮގު ވާހަކަ ފަތުރައި، އިންވެސްޓަރުން ފައްސާލުމަށް އިދިކޮޅުގެ ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ ސަބަބުން އިދިކޮޅު ފަރާތްތަކުގެ އިހުލާސްތެރިކަމާއެކު ސުވާލު އުފެދޭ ކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާލުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު ހީނާ މި މޭރުމުން ވިދާޅުވީ، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ފަތުރަމުން އަންނަ ދޮގު ވާހަކަތަކަށް ރައްދުދެއްވަމުން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް އަންނަ ބޮޑެތި އިންވެސްޓްމަންޓްތަކާ ބެހޭގޮތުން ދޮގު ވާހަކަ ފަތުރައި، ސަރުކާރާ ދޭތެރޭ ފިތުނަ އުފައްދައި، އިންވެސްޓަރުންގެ ހިތުގައި ލައްޖެއްސުމުގެ ނަތީޖާ މީގެ ކުރިންވެސް މި ގައުމުން ފެނިގެން ގޮސްފައިވާ ކަމަށެވެ.

އެކަން އެންމެ ބޮޑަށް ތަޖުރިބާ ކުރެވުނު ފ. އަތޮޅުގެ މަޝްރޫއުން ފިލާވަޅު ލިބިގެން، ރާއްޖެއަށް އަންނަ އިންވެސްޓަރުން ފައްސާލުމަށް އިދިކޮޅުން މަސައްކަތް ކުރާތީ، ގައުމާމެދު އޮތް އިހުލާސްތެރި ނިޔަތާމެދު ސުވާލު އުފެދޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހިންގުމަށް ނިންމާފައިވާ މަޝްރޫއުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ހީނާ ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން ރާއްޖޭގެ 179 ރިސޯޓާއި 16 ހޮޓަލާއި 920 ގެސްޓް ހައުސްއާއި 165 ސަފާރީން މިހާރު ލިބޭ އާމްދަނީއަށްވުރެ ބޮޑު އާމްދަނީ ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އަދި މިހާރު ފަތުރުވެރިކަމުގެ ދާއިރާގެ ޖުމްލަ އިންވެސްޓްމަންޓަކީ 13.7 ބިލިއަން ޑޮލަރު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކަންމިހެން އޮތުމުން ތާއަބަދު ނަފްރަތާ ހަސަދަވެރިކަމުގެ އަނދިރިކަމުގެ ތެރޭގައި ނުތިބެ، ވެރިކަމުގެ ދަހިވެތިކަން އެއްފަރާތްކޮށް ގައުމީ ވިސްނުމުގައި ކަންކަމާމެދު ވިސްނާކަށް ނުވޭތޯ މިނިސްޓަރު ވަނީ ސުވާލު އުފައްދަވައިފައެވެ.

މިނިސްޓަރު ކުރެއްވި އެހެން ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާ ފަދަ އަދި ގައުމިއްޔަތުގެ އަސާސްތަކާ ތައާރަޒްވާ ފަދަ އެއްވެސް ކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނުކުރައްވާނެ ކަމަށެވެ. އަދި އެ މަނިކުފާނު ވަނީ ރާއްޖޭގެ މިނިވަންކަމާ ސިޔާދަތުގެ ރަތް ރޮނގު ވަރަށް ފަލަކޮށް ދަންމަވާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އިސްލާމީ ވަހުދަތު ފުޅާކޮށް ދިވެހި ގައުމިއްޔަތު ދިރުވާ އާލާކުރުމުގެ ގައުމީ މަަސައްކަތް އެހެން އެއްވެސް ސަރުކާރެއްގައި ނުކުރައްވާ މިންވަރަށް އިސްކަން ދެއްވައިގެން ކުރައްވަނީ ރައީސް މުޢިއްޒު ކަމަށެވެ.

މީގެއިތުރުން ރަސްމާލޭގައި ހިންގުމަށް ނިންމާފައިވާ އިންވެސްޓްމަންޓަކީ މި ހުރިހާ ގޮތަކުންވެސް އެކަންކަން ރައްކާތެރިކޮށް ހިމާޔަތް ކުރެވިފައިވާ އިންވެސްޓްމަންޓެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އީގަލް ހިލްސް ކުންފުނިން ރާއްޖޭގައި އިންވެސްޓް ކުރާނީ ފަތުރުވެރިކަމުގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ގާނޫނުން ހުއްދަކުރާ 99 އަހަރުގެ ލީޒް އުސޫލުން ނަމަވެސް، މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ހުރިހާ ވަސީލަތްތަކާއި ހަރުމުދަލުގެ މިލްކުވެރިކަން އަބަދުވެސް އޮންނާނީ ދިވެހި ދައުލަތަށެވެ.

ރަސްމާލޭގެ އިތުރުން ހުޅުމާލޭގައިވެސް 5،000 ހައުސިންގ ޔުނިޓް ތަރައްގީކުރުމަށް އީގަލް ހިލްސް ކުންފުނިން ވަނީ ނިންމައިފައެވެ. އެ ކުންފުންޏަކީ ދުނިޔޭގެ މަޝްހޫރު އިމާރާތްތައް ކަމަށްވާ ބުރުޖު ޚަލީފާ އަދި ދުބާއީ މޯލް ތަރައްގީކުރި އީމާރު ޕްރޮޕަޓީޒްގެ ބާނީ މުހައްމަދު އަލް އައްބާރުގެ ވިޔަފާރި ހިއްސާ އޮންނަ، ދުނިޔޭގެ އެކި ގައުމުތަކުގައި ފުޅާ ދާއިރާއެއްގައި އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކާމިޔާބުކަމާއެކު ހިންގަމުން އަންނަ ބައިނަލްއަގުވާމީ ފެންވަރުގެ އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ.

މިއީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ އިންވެސްޓްމަންޓެވެ. ރާއްޖޭގެ މުޅި ޖީޑީޕީ 8.13 ބިލިއަން ޑޮލަރުގައި އޮތްއިރު، މި މަޝްރޫއުގެ އަގު ރާއްޖޭގެ ޖުމްލަ އިގްތިސާދަށްވުރެ ދެގުނަ ބޮޑެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
messi award spain
ސްޕެއިންގެ ޝަރަފުވެރި "ޕްރިންސެސް އޮފް އަސްޓޫރިއަސް" އެވޯޑު މެސީއަށް ލިބިއްޖެ
20261023_212845
އަނިޔާވެރިކަމާ ދެކޮޅަށް ރަޝިޔާގެ އިސްތިއުމާރީ ވެރިކަމަށް ދޫނުދިން ޗެޗްނިޔާގެ ޢިލްމުވެރިއެއް ޝަހީދުކޮށްލައިފި
iPhone duo
އެމެރިކާއާ އެއް ދުވަހެއްގައި އެޕަލް ޑުއޯ ރާއްޖޭގައި ލޯންޗުކޮށް، އެލް ސްޓޫޑިއޯއިން ވިއްކަން ފަށައިފި
IMG-20261023-WA0017
ވިއްސާރައިގެ ގެއްލުންތަކުން އަރައިގަތުމަށް ފުލުހުންގެ އެހީތެރިކަން ރަށްރަށަށް
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ