Saturday, 24 October 2026
Ads by

”މަޢުރިފާ“ ފޮތް މައުރަޒު އޮކްޓޯބަރު 1 އިން 3 އަށް އިސްލާމީ މަރުކަޒުގައި ބާއްވަނީ

”މަޢުރިފާ“ ފޮތް މައުރަޒު އޮކްޓޯބަރު 1 އިން 3 އަށް އިސްލާމީ މަރުކަޒުގައި ބާއްވަނީ

2025 ވަނައަރުގެ މައުރިފާ ފޮތް މައުރަޒުގެ ތެރެއިން ---

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ”މަޢުރިފާ“ ފޮތް މައުރަޒު 2026 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 1 އިން 3 އަށް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

Ad Image
Ads by

ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު ކުރިއަށްދާ މި މައުރަޒު އޮންނާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މައުރަޒު ކުރިއަށްދާނީ ކޮންމެ ދުވަހެއްގެވެސް ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.

މި ފޮތް މައުރަޒުގައި ޖުމްލަ 22 ފަރާތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މީގެތެރޭގައި ރާއްޖޭގެ ބޮޑެތި ބުކްޝޮޕްތަކުގެ އިތުރުން ޖަމްޢިއްޔާ ޖަމާޢަތްތަކާއި، މުވައްސަސާތަކާއި އަދި އަމިއްލަ ފޮތް ލިޔުންތެރިން ހިމެނެއެވެ. މި މައުރަޒުން ކުޑަކުދިންނަށް ޚާއްޞަ ވާހަކަފޮތްތަކާއި، ދިރާސާކުރާ ފަރާތްތަކަށް ބޭނުންވާ ފޮތްތަކުގެ އިތުރުން ދިވެހިބަހަށް ޚާއްޞަ ޢިލްމީ ފޮތްތަކާއި އެނޫންވެސް ގިނަ ކެޓަގަރީތަކެއްގެ ފޮތްތައް ގަންނަން ލިބޭނެއެވެ.

މިއަހަރުގެ މައުރަޒުގައި މުޅިން އަލަށް ކުރިއަށްގެންދާ ޚާއްޞަ ކަމެއްގެ ގޮތުން، ލިޔުންތެރިންގެ ތަޖުރިބާ ޙިއްޞާކުރުމަށް ޚާއްޞަ ”ކޯނާއެއް“ ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯނާ ޤާއިމުކުރުމުގެ މަޤްޞަދަކީ ލިޔުންތެރިން އެބޭފުޅުންގެ ފޮތްތަކާބެހޭގޮތުން ތަޖުރިބާ ޙިއްޞާކުރުމާއެކު، ޒުވާން ޖީލު ލިޔުންތެރިކަމާއި ފޮތް ކިޔުމަށް ލޯބިޖެއްސުމެވެ. އަދި ޑޮކްޓަރ އާމާލް ޢަލީގެ ފޮތް ހުށަހެޅުއްވުން ވެސް މި ކޯނާގައި ކުރިއަށްދާނެއެވެ.

މީގެއިތުރުން، މިއަހަރުގެ މައުރަޒަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ކޮންމެ ދުވަހަކު 1,000 (އެއްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ގުރުއަތުލުން އޮންނާނީ މައުރަޒު ކުރިއަށްދާ ކޮންމެ ރެއެއްގެ 22:00 ގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި