Saturday, 17 October 2026
Ads by

ރާއްޖޭގައި މިހާތަނަށް 76 މީހަކަށް އެޗްއައިވީ ޖެހިފައިވޭ، މިވަގުތު ދުނިޔޭގައި ތިބީ 52 މީހުން!

ރާއްޖޭގައި މިހާތަނަށް 76 މީހަކަށް އެޗްއައިވީ ޖެހިފައިވޭ، މިވަގުތު ދުނިޔޭގައި ތިބީ 52 މީހުން!

ހެލްތް މިނިސްޓަރު ޤީލާ ޢަލީ--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މި އަހަރު ރާއްޖޭގައި އެޗްއައިވީ ޖެހުނު މީހުންގެ އަދަދު ރެކޯޑް އަދަދަކަށް އިތުރުވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

Ad Image
Ads by

ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 1991 ވަނަ އަހަރުން ފެށިގެން މިދިޔަ 2025 ވަނަ އަހަރުގެ ނިޔަލަށް 54 މީހަކު ވަނީ އެޗްއައިވީއަށް ޕޮޒިޓިވް ވެފައެވެ. މި ބަލީގައި މިހާތަނަށް 16 މީހަކު މަރުވެފައެވެ. އެހެންކަމުން މިދިޔަ އަހަރުގެ ނިޔަލަށް މި ބަލިޖެހުނު މީހުންގެ ތެރެއިން ދުނިޔޭގައި ތިބީ 38 މީހުންނެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތް މިނިސްޓަރު ޤީލާ ޢަލީ ވިދާޅުވީ، މި އަހަރު އަލަށް 22 މީހަކަށް އެޗްއައިވީ ޖެހިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން މިވަގުތު ދުނިޔޭގައި ތިބީ 52 މީހުން ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ، މި ބަލި ޖެހުނު ގިނަ ބަޔަކަށް މި ބަލި ޖެހިފައިވަނީ ރައްކާތެރި ނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން އެޗްއައިވީ ޖެހިގެން މިހާތަނަށް 76 ކޭސް ރިޕޯޓުކޮށްފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

”ފުރިހަމައަށް ރައްކާތެރިނުވެ ޖިންސީ ގުޅުން ބޭއްވުމުގެ ސަބަބުން އެކަކު ގައިން އަނެކަކު ގަޔަށް އަރާ ބައްޔެއްގެ ގޮތުގައި މިހާރު ވެސް އެންމެ ކޮމަން މޯޑު އޮފް ޓްރާންސްމިޝަނަކީ ރާއްޖޭގައި ބަލި ޖެހިފައި ތިބި މީހުން،“ – މިނިސްޓަރު ވިދާޅުވިއެވެ.

އެޗްއައިވީގެ ކޭހެއް ރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ 1991 ވަނަ އަހަރުގެ ތެރޭގައެވެ. އެ އަހަރުގެ ފަހުން މިހާތަނަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ޕޮޒިޓިވްވީ މިއަހަރުއެވެ. އެޗްއައިވީއަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް އެޗްޕީއޭއިން ވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރު ޤީލާ ވިދާޅުވީ، ރާއްޖޭގައި އެ ބައްޔަށް މީހުން ހޭލުންތެރިކުރުވުމުގެ ނަތީޖާ ފެންނަ ކަމަށެވެ. އަދި މި ބަލި ފެތުރޭ ގޮތާއި ބަލީގެ ފަރުވާ އޮތް މިންވަރުވެސް ސާފުވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި