Saturday, 17 October 2026
Ads by

އީޝާގެ މައްޗަށް ކުރާ ގަޒުފުގެ ދައުވާގެ ޝަރީއަތް ހޯމަ ދުވަހު ފަށަނީ

އީޝާގެ މައްޗަށް ކުރާ ގަޒުފުގެ ދައުވާގެ ޝަރީއަތް ހޯމަ ދުވަހު ފަށަނީ

އީޝާ އަޝްރަފް --- ފޮޓޯ: ދައުރު

ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް އަހުލާގީ ގޮތުން ދަށް ފެންވަރުގެ އަމަލުތަކެއް ކުރެއްވި ކަމަށް ތުހުމަތުކޮށް ’އަދަދު‘ ނޫހުން ގެނެސްދިން ”އައިޝާ“ ޑޮކިއުމެންޓްރީގައި އިންޓަވިއު ދިން ކަމަށް ތުހުމަތުކުރެވޭ އީޝާ އަޝްރަފްގެ މައްޗަށް އުފުލާފައިވާ ގަޒުފުކުރުމުގެ ކުށުގެ ދައުވާގެ ފުރަތަމަ އަޑުއެހުން އަންނަ ހޯމަ ދުވަހަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.

Ad Image
Ads by

ކްރިމިނަލް ކޯޓުން މި މައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން ތާވަލުކޮށްފައިވަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށެވެ. މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެ ކޯޓުގެ ބީ1 ސެކްޝަނުންނެވެ. އެ ސެކްޝަން ހިންގަވަނީ ގާޒީ އިބްރާހީމް ޒިހުނީއެވެ.

’އަދަދު‘ ނޫހުން މި ޑޮކިއުމެންޓްރީ މިދިޔަ މާޗު މަހުގެ 28 ވަނަ ދުވަހު އާންމުކުރީ، އެ ވާހަކަތައް ކިޔައިދޭ މީހާ ސިއްރުކޮށް އަޑުވެސް ބަދަލުކޮށްގެންނެވެ. އެ ޑޮކިއުމެންޓްރީ ނެރުނުތާ އެއް މަސް ފަހުން ފުލުހުން ތަހުގީގެއް ފަށައި، އެ މައްސަލާގައި އީޝާ ފުލުހަށް ހާޒިރުކުރުމަށްފަހު އޭނާގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އީޝާގެ މައްޗަށް ގަޒުފުކުރުމުގެ ކުށުގެ ދައުވާކޮށް، ކްރިމިނަލް ކޯޓަށް މި މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

މި ސަރުކާރުގައި ރައީސް އޮފީހުގެ ސިޔާސީ ވަޒީފާއެއްގައި ހުއްޓައި އެހެން ދެ މިނިސްޓްރީއަކަށް ބަދަލުކުރުމަށްފަހު، ފަހުން އީޝާ ވަނީ ސަރުކާރުގެ ވަޒީފާއިން ވަކިކޮށްފައެވެ. އެ ޑޮކިއުމެންޓްރީ މައްސަލާގައި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ދިފާއުގައި ތަހުގީގު ކުރިއަށް ދިޔައިރު ވާހަކަދައްކަން ފުލުހުން ފުރުސަތު ދީފައިނުވާތީ، އީޝާ ވަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ޑޮކިއުމެންޓްރީ ހެދުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ’އަދަދު‘ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ހިފަހައްޓައި، މިދިޔަ މޭ މަހުގެ ތެރޭގައި އެ ދެ މީހުންގެ މައްޗަށްވެސް ޕީޖީ އޮފީހުން ވަނީ ގަޒުފުކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. ފުލުހުންގެ ތަހުގީގުގައި އެ ދެ މީހުންވެސް މަސްދަރު ހިމާޔަތްކުރުމުގެ ގޮތުން ތިއްބެވީ ހަނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
އަފު
އަފު
16 ދުވަސް ކުރިން

ތިލާނެތް މީހާ ބަންދުކޮއްބަލަ

Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި