Saturday, 24 October 2026
Ads by

މެންބަރު ޝަމްހީދުގެ މާލީ ބަޔާނުން ބޮޑެތި ދަރަނިތަކާއި ކުންފުނިތަކުގެ މަސްލަހަތު ފެންމަތިވެއްޖެ

މެންބަރު ޝަމްހީދުގެ މާލީ ބަޔާނުން ބޮޑެތި ދަރަނިތަކާއި ކުންފުނިތަކުގެ މަސްލަހަތު ފެންމަތިވެއްޖެ

ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ---

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު 28 މެއި 2025 އިން 27 މެއި 2026 ގެ ނިޔަލަށް ހުށަހަޅުއްވާފައިވާ މާލީ ބަޔާނުން، އޭނާގެ މާލީ ހާލަތާ މެދު ކަންބޮޑުވުން އުފެދޭ ގިނަ ކަންތައްތަކެއް ވަނީ ފާހަގަކުރެވިފައެވެ.

Ad Image
Ads by

އޯގަސްޓް 30، 2026 ގައި ސޮއިކުރައްވައި ހުށަހަޅުއްވާފައިވާ މި މާލީ ބަޔާނުން އެނގޭ ގޮތުގައި، އޭނާގެ މައްޗަށް ބޮޑެތި ދަރަނިތަކެއް އޮތްއިރު، އަމިއްލަ ގިނަ ކުންފުނިތަކެއްގައި މަސްލަހަތު އޮތުމާއި މާލީ ގޮތުން ނުދައްކައި ހުރި ގިނަ އިލްތިޒާމްތަކެއް ވަނީ ފެންމަތިވެފައެވެ.

މާލީ ބަޔާނުގައިވާ ގޮތުން އެ މުއްދަތުގެ ތެރޭގައި މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 925,058.49 ރުފިޔާ އަދި ކުލީގެ އާމްދަނީގެ ގޮތުގައި 36,000 ރުފިޔާ ލިބިފައިވީ ނަމަވެސް، ބޭންކު އެކައުންޓްތަކުގައި ރައްކާކުރެވިފައި ހުރީ އެކަށީގެންވާ ވަރަށް ވުރެ މާ މަދު ފައިސާކޮޅެކެވެ. އެގޮތުން އޭނާގެ ހަތަރު ބޭންކު އެކައުންޓެއްގައި ހުރީ 410.91 ރުފިޔާއާއި، 54,490.07 ރުފިޔާއާއި، 4,850.00 ރުފިޔާގެ އިތުރުން 22,129.00 ރުފިޔާއެވެ. އަދި އަތްމަތީ ފައިސާގެ ގޮތުގައި ހުރީ އެންމެ 700 އެމެރިކާ ޑޮލަރާއި 3,000 ދިވެހި ރުފިޔާއެވެ.

އާމްދަނީގެ ނިސްބަތަށް ބަލާއިރު މެންބަރު ޝާމްހީދުގެ މައްޗަށް ބޮޑެތި ދަރަނިތަކެއް އޮތްކަން މާލީ ބަޔާނުން ހާމަވެއެވެ. އަދާނުކޮށް ހުރި ލޯނުތަކާއި ދަރަނިތަކުގެ ތެރޭގައި 1,120,000 ރުފިޔާގެ ބޮޑު ދަރަންޏަކާއި، 500,000 ރުފިޔާގެ ދަރަންޏެއްގެ އިތުރުން 145,560 ރުފިޔާއާއި، 64,418.93 ރުފިޔާ އަދި 27,200 ރުފިޔާގެ ދަރަނި ހިމެނެއެވެ. މީގެ އިތުރުން ނުދައްކައި ހުރި ކްރެޑިޓް ކާޑު ބިލްތައްވެސް މާލީ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޢާއްމު ޚިދުމަތުގައި ހުންނެވި ނަމަވެސް، އަމިއްލަ ވިޔަފާރިތަކުގައި އޭނާގެ ބޮޑު މަސްލަހަތެއް އޮތްކަން މާލީ ބަޔާނުގެ ތަފްސީލުތަކުން އެނގެއެވެ. އެގޮތުން ރޭލާ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑައިރެކްޓަރުގެ ޒިންމާ ނަންގަވަމުން 4,500 ހިއްސާ އޭނާގެ ނަމުގައި އޮތްއިރު، ޑައިވާސްކޭޕް ޕްރައިވެޓް ލިމިޓެޑާއި، ނިއުމާކްގެ 500 ހިއްސާއާއި، ނަލަވެލި ޕްރައިވެޓް ލިމިޓެޑްގެ 100 ހިއްސާއާއި، ޑޫޕްލެކްސް ޕްރައިވެޓް ލިމިޓެޑްގެ 43 ހިއްސާގެ އިތުރުން އެމްޓީޑީސީގެ 80 ހިއްސާއާއި 572 ހިއްސާވެސް އޭނާގެ ނަމުގައި ވަނީ ރަޖިސްޓްރީކޮށްފައެވެ.

މީގެ އިތުރުން، އުޅަނދުފަހަރުގެ މައުލޫމާތަށް ބަލާއިރު އޭނާގެ ނަމުގައި އެއްގަމުގައި ދުއްވާ 6 އުޅަނދެއް ރަޖިސްޓްރީކޮށްފައިވާކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި 2008، 2011، 2015، 2018 އަދި 2020 ގެ މޮޑެލްތަކުގެ އުޅަނދުތައް ހިމެނޭއިރު، އޭގެ އަގުތަކުގެ ގޮތުގައި 150,000 ރުފިޔާއާއި، 85,000 ރުފިޔާއާއި، 75,000 ރުފިޔާއާއި، 55,000 ރުފިޔާ އަދި 40,000 ރުފިޔާ މާލީ ބަޔާނުގައި ހިމަނާފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
messi award spain
ސްޕެއިންގެ ޝަރަފުވެރި "ޕްރިންސެސް އޮފް އަސްޓޫރިއަސް" އެވޯޑު މެސީއަށް ލިބިއްޖެ
20261023_212845
އަނިޔާވެރިކަމާ ދެކޮޅަށް ރަޝިޔާގެ އިސްތިއުމާރީ ވެރިކަމަށް ދޫނުދިން ޗެޗްނިޔާގެ ޢިލްމުވެރިއެއް ޝަހީދުކޮށްލައިފި
iPhone duo
އެމެރިކާއާ އެއް ދުވަހެއްގައި އެޕަލް ޑުއޯ ރާއްޖޭގައި ލޯންޗުކޮށް، އެލް ސްޓޫޑިއޯއިން ވިއްކަން ފަށައިފި
IMG-20261023-WA0017
ވިއްސާރައިގެ ގެއްލުންތަކުން އަރައިގަތުމަށް ފުލުހުންގެ އެހީތެރިކަން ރަށްރަށަށް
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ