Ads by
ޚަބަރު
ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ 63 ހެކްޓަރުގެ ބިން ހިއްކަން ފަށައިފި
ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން ފޮޓޯ އާރބަންކޯ

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެއްވުމަށް ސަރުކާރުގެ، ބިންވެރިޔާ ޕްރޮގްރާމުގެ ދަށުން ގިނަ ބަޔަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

Ads by Eki Online

މިއަދު ރަސްމީކޮށް ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާއިރު އާރބަންކޯއިން ބުނީ، މި މަޝްރުއޫގެ ދަށުން 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާކަމަށެވެ.

ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ގޮތުގައި ހިއްކަން މިއަދު ފަށާފައިވަނީ، ހުޅުމާލޭގެ ފަޅުތެރޭގައި ހުރި ސަފާރީތަކާއި އަމިއްލަ މީހުންގެ އުޅަނދުތައް އަޅަން ބޭނުންކުރަމުންދާ ފަޅުގެ ސަރަޙައްދެވެ.

އެއީ ކްލަބްމެޑް ރިސޯޓަށް ބޭނުންކުރި ސަރަޙައްދުން ފެށިގެން، ހުޅުމާލޭގައި ހިންގަމުން އަންނަ މޭރީ ބްރައުން ރެސްޓޯރަންޓް ކުރިމަތިން ފެންނަން އޮންނަ ފަޅުގެ ސަރަޙައްދާ ހަމައަށެވެ.

ހުޅުމާލެއިން އަލަށް ހިއްކާ ބިމުގައި ގެދޮރުވެރިކަމުގެ ބޭނުންތަކާއި، އިންޑަސްޓްރިއަލް ބޭނުންތަކާއި، މެރީނާގެ ބޭނުމަށް ބިން ބޭނުންކުރާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔަވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ވައުދެކެވެ. އެގޮތުން ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅި 97 ޕަސެންޓު މީހުންނަށް ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *