Ads by
ޚަބަރު
މިއަދު ރައީސް ޞާލިޙް ކެންޕެއިން ކުރިއަށް ގެންދެވީ ވިލިމާލޭގައި
ޕޮޓޯ: އެމްޑީޕީ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިން މިއަދު ހަވީރު ވިލިމާލޭގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ކުރިއަށް ގެންގޮސްފިއެވެ.

Ads by Eki Online

ވިލިމާލޭގައި ދޮރުން ދޮރަށް ހިންގަވައި ރައްޔިތުންނާއި ބައްދަލުކޮށް ރައީސް ޞާލިޙް ވަނީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވައި، ހައްލު ހޯދާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ފުރަތަމަ ބުރުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ރައީސް ޞާލިޙް ވަނީ ޒިޔާރަތްކޮށްފައެވެ. އެހެންކަމުން ދެވަނަ ބުރުގައި ރައީސް ޞާލިޙް ބޮޑަށް ކެންޕެއިން ކުރައްވަމުންގެންދަވަނީ މާލޭ ސަރަހައްދުގައެވެ.

މިދިޔަ ހަފްތާގައި އެމަނިކުފާނު ވަނީ މާލޭގެ އެކި ހިސާބުތަކުގައި ޖަގަހަ ޖަލްސާ ބާއްވައި ގިނަ ވައުދު ތަކެއްވެފައެވެ. އޭގެތެރޭގައި ދުުވަސްވީ މީހުންނަށް ދޭ 5,000 ރުފިޔާ 7,000 ރުފިޔާއަށް ބޮޑުކުރުމާއި ރިޓެޔަރ ކުރާ އުމުރު 65 އިން 70 އަށް ބަދަލު ކުރުމާއި އަދި ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންގެ މުސާރައަށް ގެނައި ބަދަލު ހިމެނެއެވެ.

ދެވަނަ ބުރަށް ދެ ޕާޓީންވެސް ގެންދަނީ ފޯރިގަދަ ކެންޕެއިންތަކެއް ކުރައްވަމުންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *