Ads by
ދީން
ރިޝްވަތަކީ މުޖްތަމައުގައި ފަސާދަ އުފެއްދުމަށް މެދުވެރިވާ ވަސީލަތެއް: ޚުތުބާ

ރިޝްވަތުގެ އަމަލުތައް އިތުރުވުމަކީ ގައުމާއި މުޖްތަމައު ހަލާތުގެ ތެރެއަށް ވެއްޓިގެން ދިއުމަށް މެދުވެރިވާ ކަމެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

Ads by Eki Online

ހުތުބާގައި ބުނެފައިވަނީ އަދުލު އިންސާފު ގާއިމުކުރުމަށް ހުންނަ އިދާރާތަކުގައި ވެސް ރިޝްވަތާއި ރިޝްވަތުގެ އަމަލުތައް އިތުރުވެފައިވުމަކީ ގައުމާއި މުޖްތަމައު ހަލާތުގެ ތެރެއަށް ވެއްޓިގެން ދިއުމަށް މެދުވެރިވާ ކަމެއް ކަމަށެވެ.

އަދި އެއީ ގައުމުގެ ތަރައްގީގެ ދުވެލި މަޑުޖެހި ކުރިއެރުމަށް ހުރަސްއެޅޭ ކަމެއް ކަމަށާއި ރިޝްވަތަކީ އީމާންކަމުގެ ނޫރު ނިއްވާލާ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.

އެއީ މުޖްތަމައުގައި ފަސާދަ އުފެއްދުމަށް މެދުވެރިވާ ވަސީލަތެއް ކަމަށާއި ރިޝްވަތުގެ އަމަލުތައް ގިނަވެއްޖެ ނަމަ މުޖްތަމައުގެ ހަމަޖެހުން ގެއްލި އަމާންކަން ވެސް ގެއްލޭނެ ކަމަށް ވެސް ހުތުބާގައު ބުންޏެވެ.

މީގެ އިތުރުން ރިޝްވަތަކީ ހަރާމް އެއްޗަކަށް ވީހިނދު، އެފަދަ ފައިސާއެއްގައި ނުވަތަ މުދަލެއްގައި މުސްލިމުން ހިފައިގެން ނުވާނެކަމަށް ހުތުބާގައި ބުންޏެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *