Saturday, 17 October 2026
Ads by

އަމީނީމަގު މަރާމާތުގެ ދެވަނަ ސެގްމެންޓުގައި ތާރުއަޅައި ނިންމާލައިފި

އަމީނީމަގު މަރާމާތުގެ ދެވަނަ ސެގްމެންޓުގައި ތާރުއަޅައި ނިންމާލައިފި

މާލޭގެ އަމީނީމަގު އަލުން މަރާމާތުކުރުމަށް ހިންގާ މަޝްރޫއުގެ ތެރެއިން، ދެވަނަ ސެގްމެންޓުގައި ތާރުއެޅުމުގެ މަސައްކަތް މުޅިން ނިންމާލާފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ. މި މަސައްކަތް ނިމުމާއެކު އެ ސަރަހައްދު ބޭނުންކުރާ އާންމުންނަށާއި ދުއްވާ ތަކެއްޗަށް ދަތުރުފަތުރުކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

Ad Image
Ads by

ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސަރަހައްދު މަރާމާތުކުރުމަށްޓަކައި ބަންދުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ ފަހުކޮޅުގައެވެ. އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރީ އަމީނީމަގުގެ ތާރުގަނޑު އެކި ހިސާބުތަކުން އުފުލި، ބޮޑެތި އަޑިގުޑަންތައް ހެދިގެން ދުއްވާ ތަކެއްޗަށް ނުރައްކާވާ މައްސަލަ ބޮޑުވުމާ ގުޅިގެންނެވެ.

އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، މި މަޝްރޫއުގެ ފުރަތަމަ ސެގްމެންޓުގައި ތާރުއެޅުމުގެ މަސައްކަތް މި މަހުގެ 19 ވަނަ ދުވަހު ފަށައި ނިންމާލުމަށްފަހު، ދެވަނަ ސެގްމެންޓުގެ ތާރުއެޅުމުގެ މަސައްކަތްވެސް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ.

މަގުގެ މަރާމާތުގެ މަސައްކަތްތައް ކުރިއަށްދާތީ، އެ ސަރަހައްދުން ދަތުރުކުރާ އާންމު ބަހުގެ ޚިދުމަތްވެސް ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ.

އަމީނީމަގު މީގެ ކުރިން ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު އާރްޑީސީއާ ހަވާލުކޮށްގެން ފެށީ ޖުލައި 2022 ގައެވެ. ނަމަވެސް، ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި އެ މަގުގެ ތާރުގަނޑު ހަލާކުވެގެން އަލުން މަރާމާތުކުރަން ޖެހުނީ، އެކި ހިސާބުތަކުން ތާރުގަނޑު މައްޗަށް އުފުލި، ދުއްވާ މީހުންނަށް ނުރައްކާތަކާ ކުރިމަތިލާންޖެހުމާ ގުޅިގެންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި