ހއ. ބާރަށު ޒުވާނުންގެ މަރުކަޒު ނިންމުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި މަސައްކަތް ބަޔަކާ ހަވާލުކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގޮސްފައިވަނީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގައެވެ.
މި މަސައްކަތާ ގުޅޭގޮތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ހާމަކުރެއްވި ގޮތުގައި، މަސައްކަތް ހަވާލުކުރެވުނު ކުންފުނިން އަންނަ ހަފުތާގެ ތެރޭގައި އަމަލީ މަސައްކަތް ފަށާނެއެވެ. އަދި ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި، ރަށުގެ ޒުވާނުންނަށް މަރުކަޒުގެ ބޭނުން ހިފޭވަރު ވެގެންދާނެ ކަމަށްވެސް އޭނާ މައުލޫމާތު ދެއްވިއެވެ.
އަލަށް ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން، ބާރަށު ޒުވާނުންގެ މަރުކަޒުގައި ގާއިމުކުރެވޭ އިންޑޯ ޖިމަށް ބޭނުންވާ އިކްއިޕްމަންޓް ހޯދުމުގެ މަސައްކަތްވެސް ވަނީ ހިމަނައިފައެވެ.
ހއ.ބާރަށު ޒުވާނުންގެ މަރުކަޒު ނިންމުމުގެ މަސައްކަތް މިއަދު ވަނީ ބަޔަކާ ހަވާލު ކުރެވިފައެވެ.މިމަސައްކަތް 6 މަސްތެރޭ ނިންމައި،ރަަށުގެ ޒުވާނުންނަށް މަރުކަޒުގެ ބޭނުން ހިފިގެންދާނެއެވެ.
މަސައްކަތް ހަވާލު ކުރެވުނު ކުންފުނިން އަންނަ ހަފްތާގައި މަސައްކަތް ފަށާނެއެވެ.އަލަށް ސޮއިކުރެވުނު… pic.twitter.com/Vt9vUqPFLg— Ibrahim Shujau (@IbrahimShujaau) September 28, 2026
ބާރަށު ޒުވާނުންގެ ކުޅިވަރާއި ހަށިހެޔޮކަން ކުރިއެރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮށްދެއްވާ މަސައްކަތްޕުޅަށް މެންބަރު ޝުޖާއު ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.














