Saturday, 17 October 2026
Ads by

ފުވައްމުލަކާއި އައްޑޫގެ ފެނާއި ނަރުދަމާގެ ހިދުމަތާ އެމްޑަބްލިއުސްސީން ހަވާލުވާން ނިންމައިފި

ފުވައްމުލަކާއި އައްޑޫގެ ފެނާއި ނަރުދަމާގެ ހިދުމަތާ އެމްޑަބްލިއުސްސީން ހަވާލުވާން ނިންމައިފި

ފުވައްމުލަކާއި އައްޑޫގެ ފެނާއި ނަރުދަމާގެ ހިދުމަތާ އެމްޑަބްލިއުސްސީން ހަވާލުވާން ނިންމައި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުން--- ފޮޓޯ: ފެނަކަ

ފުވައްމުލަކާއި އައްޑޫ ސިޓީގެ ފެނާއި ނަރުދަމާގެ ހިދުމަތާ މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ހަވާލުވާން ނިންމައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

Ad Image
Ads by

މި އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު އަފީފް ޙަސަންއެވެ. އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ފަހުމީ ވިދާޅުވީ، އަންނަ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުގެ ކުރިން މަސައްކަތްތައް ނިންމައި ފުވައްމުލަކާއި އައްޑޫ ސިޓީގައި ފެނާއި ނަރުދަމާގެ ހިދުމަތް ދޭން އެމްޑަބްލިއުއެސްސީން ފަށާނެ ކަމަށެވެ. އަދި މިއީ ފެނަކައިގެ ހިދުމަތް ދޭ ބައެއް ރަށްރަށުގެ ހިދުމަތްތައް އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯގެ ދަށަށް ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުމުގެ ބައެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު އަފީފް ވިދާޅުވީ، ހިދުމަތްތައް އެމްޑަބްލިއުއެސްސީގެ ދަށަށް ބަދަލުކުރަން ދެ ކުންފުނިން މަސައްކަތް ކުރަނީ ވަރަށް ބޮޑަށް ގުޅިގެން ކަމަށެވެ. އަދި ފެނަކައިން ދިން ހިދުމަތްތަކަށް ވުރެ ރަނގަޅު ހިދުމަތެއް އެމްޑަބްލިއުއެސްސީން ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ފެނަކަ އުވާލައި ސްޓެލްކޯގެ ދަށަށް ބަދަލުކުރަން ނިންމާފައިވާާއިރު ރާއްޖޭގެ މެޖޯރިޓީ ރަށްރަށަށް ފެނާއި ނަރުދަމާގެ ހިދުމަތް އަދިވެސް ދެމުން އަންނަނީ އެ ކުންފުނިންނެވެ. ފެނަކަ އުވާލައި ސްޓެލްކޯގެ ދަށަށް ބަދަލުކޮށް، ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ ހިދުމަތް ދިނުން ސްޓެލްކޯއަށް ހަވާލުކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މި މަހުގެ ހަތް ވަނަ ދުވަހު ވިދާޅުވެފައެވެ. އެހެންކަމުން މުޅި ރާއްޖޭގެ ކަރަންޓުގެ ހިދުމަތާ ސްޓެލްކޯއިން ހަވާލުވާތީ، ސްޓެލްކޯއިން މި ހިދުމަތް ފަށާ ރަށްރަށުގެ ހާލަތު ދެނެގަތުމާ ގުޅޭ ސާވޭއެއްގެ މަސައްކަތް ވެސް މި ފަހުން ވަނީ ފަށައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި