Saturday, 24 October 2026
Ads by

ފަޅުރަށްތަކާއި ބެހޭ އާ ގާނޫނާއެކު ދަނޑުވެރިކަމާއި މެރިކަލްޗަރ ދާއިރާއިން ބޮޑެތި އިންވެސްޓްމެންޓް ލިބޭނެ: ޝިޔާމް

ފަޅުރަށްތަކާއި ބެހޭ އާ ގާނޫނާއެކު ދަނޑުވެރިކަމާއި މެރިކަލްޗަރ ދާއިރާއިން ބޮޑެތި އިންވެސްޓްމެންޓް ލިބޭނެ: ޝިޔާމް

ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ފަޅުރަށްތަކާ ބެހޭ އާ ގާނޫނުގެ ދަށުން، ދަނޑުވެރިކަމާއި މެރިކަލްޗަރގެ ދާއިރާއަށް ފުޅާ ދާއިރާއެއްގައި އިންވެސްޓްމަންޓްތައް ހުޅުވި، ގައުމުގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ ބާރަކަށް ވެގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު ޝިޔާމް މި މޭރުމުން ވިދާޅުވީ ސަރުކާރުގެ މިނިސްޓަރުން އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބޭއްވި ”އަހާ“ ފޯރަމްގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ފަސޭހަކަމާއެކު ހެއްދެން ހުންނަ ބާވަތްތަކުގެ ކާބޯތަކެތި ވެސް ރާއްޖެއިން ބޭރުން އެތެރެކުރަން ޖެހިފައި އޮތުމަކީ ގައުމީ ފެންވަރުގައި އޮތް ބޮޑު ކަންބޮޑުވުމެކެވެ. މިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، މީހުން ދިރިއުޅޭ 10 ރަށެއްގައި ދަނޑުވެރިކަމުގެ ހާއްސަ މަޝްރޫއުތަކެއް ފެށުމަށް ތައްޔާރުވަމުންދާއިރު، އާ ގާނޫނަކީ އިންވެސްޓަރުންނަށް އިތުރު ލުއިފަސޭހަކަމާއި ހިތްވަރެއްގެނެސްދޭނެ ވަސީލަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެކުރިން ފަޅުރަށްތަކުގައި ހިންގި ބައެއް މަޝްރޫއުތައް ހުއްޓުމަކަށް އައިސްފައި ވީނަމަވެސް، މި ގާނޫނުގެ ދަށުން އެކުލަވައިލެވޭ ހަރުދަނާ ގަވާއިދުތަކާއެކު ދާއިރާއަށް އާ ދިރުމެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު އިޙުސާން އިތުރަށް ވިދާޅުވި ގޮތުގައި، ރާއްޖެއިން ބޭރުވާ ބޭރު ފައިސާގެ މިންވަރު ހިފެހެއްޓޭނީ އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ބޮޑެތި އިންވެސްޓްމަންޓްތަކަށް ފުރުސަތު ފަހިކޮށްދީގެންނެވެ. އެހެންކަމުން، އާ ގާނޫނުގެ މަހުސަދަކީ އެފަދަ ލުއިފަސޭހަ މާހައުލެއް އިންވެސްޓަރުންނަށް ގާއިމުކޮށްދިނުން ކަމަށް މިނިސްޓަރު ޝިޔާމް ވަނީ ވިދާޅުވެފައެވެ.

”އާ ގާނޫނާއެކު އެކަމަށް ވާނެ އެޑްރެސްކޮށްފައި. ހާއްސަކޮށް އިމްޕޯޓް ރިޕްލޭސް ކުރަން ބޭނުންނަމަ، އިންޕޯޓް ކުރާ މިންވަރު ދަށްކުރަން ބޭނުންނަމަ އިންވެސްޓމެންޓްތަކަށް ޖާގަަ ދޭންޖެހޭ. އަދި ދިވެހިރާޢްޖެއިން ބޭރުވާ ބޭރު ފައިސާ އެބަހިފެހެއްޓޭ. ބޮޑެތި އިންވެސްޓްމެންޓްތައް އެބައާދޭ. އެހެންވެ ލުއިދީގެން އިންވެސްޓްމެންޓްތައް ގިނަކުރުމަށް އަޅުގަނޑުމެން މަސައްކަތްކުރަނީ.“ – މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

މީގެއިތުރުން، މެރިކަލްޗަރ ކުރިއެރުވުމަށްޓަކައި ކެބިނެޓުން ކަނޑައަޅާފައިވާ 13 ސަރަހައްދަށް ގިނަ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރަމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، މިހާރު ލިބިފައިވާ އަދި އަލަށް ހުށަހެޅޭ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަރުހަލާ، އަންނަ އޮކްޓޯބަރު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ގަވާއިދުތައް ނިމުމާއެކު ފެށިގެންދާނެ ކަމަށެވެ.

ރާއްޖޭގެ މެރިކަލްޗަރ ދާއިރާއަކީ ފުޅާ ދާއިރާއެއްގައި ބޮޑެތި އިންވެސްޓްމަންޓްތަކަށް ބޭނުންޖެހިފައިވާ ދާއިރާއަކަށް ވާއިރު، މިހާރު ފެންނަމުންދާ ޝައުގުވެރިކަމަކީ ކާބޯތަކެތީގެ ރައްކާތެރިކަން ދުރުރާސްތާއެއްގައި ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު އުންމީދެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
images (3)
ޕާކިސްތާނާއެކު ދިފާއީ އެއްބަސްވުމެއް ހެދުމުން އިންޑިއާ ކަންބޮޑުވެދާނެތީ ނަޝީދު ނުރުހިއްޖެ
images (2)
އިންވެސްޓްމަންޓްތަކަށް މަރުޙަބާ، އެކަމަކު ރަސްމާލެ މަޝްރޫޢުގެ މަޢުލޫމާތު ހާމަކުރަންޖެހޭ: ފައިސަލް
FB_IMG_1792812611345
ވަގުތުގެ މުވައްޒަފުންގެ އެންމެ ދަށް މުސާރަ 21،000 ރުފިޔާއަށް ބޮޑުކޮށްފި
20261023_221240
ޢަރަބި ޤައުމުތަކުން ފަލަސްޠީނު ދައުލަތެއް ހެދުމަށް ގޮވާލަނީ އޮޅުވާލުމަށް، އެމީހުން ބޭނުންވަނީ ވެރިކަން ދަމަހައްޓަން: ނަތަންޔާހޫ
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ