ޔަމަނުގެ ހުޅަނގުދެކުނުގައި އޮންނަ ޠާއިޒް ޕްރޮވިންސްގެ ބާޒާރަކަށް އަމާޒުކޮށް އާދީއްތަ ދުވަހު ސައުދީ އަރަބިއްޔާއިން ދިން ވައިގެ ޙަމަލާތަކެއްގައި މަދުވެގެން 7 މީހުން މަރުވެ 40 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެއެވެ.
މި ޙަމަލާތައް ދީފައިމިވަނީ، ހޫޘީން މުހިންމު ކަނޑުއޮޅިތައް ހިފުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.
Houthi-run Al Masirah reports at least 7 people were killed and 40 others injured in a Saudi strike on shops at the central market near Mawiyah Junction in Taiz, Yemen. pic.twitter.com/aJn8ymSJYN
— Tabz (@TabzLIVE) September 27, 2026
ހޫޘީންގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނިގޮތުގައި، ސަޢޫދީގެ މަތިންދާބޯޓުތަކުން 4 ފަހަރެއްގެ މަތިން ޙަމަލާދީފައިވަނީ އައް-ތަޢިއްޒިއްޔާ ޑިސްޓްރިކްޓްގައި ހުންނަ ވިޔަފާރިކުރާ ބާޒާރަކަށެވެ. މަރުވި މީހުންނާއި މި ޙަމަލާތަކުގައި 7 މީހުން މަރުވެ، 40 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާއިރު، އޭގެ ތެރޭގައި 5 ކުޑަކުދިންވެސް ހިމެނެއެވެ. ހޫޘީން މިއީ އާންމުންނަށް އަމާޒުކޮށް ދިން ޙަމަލާއެއްކަމަށް ބުނި ނަމަވެސް، ޔަމަނުގެ ސަރުކާރުން ބުނެފައިވަނީ މިއީ އެ ސަރަޙައްދުގައި ތިބި ހޫޘީ ހަނގުރާމަވެރިންނަށް އަމާޒުކޮށް ދިން ޙަމަލާއެއް ކަމަށެވެ.
ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ބުނިގޮތުގައި، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ސަޢޫދީއިން ވަނީ ޔަމަނުގެ 6 ޕްރޮވިންސަކަށް 27 ވައިގެ ޙަމަލާއެއް ދީފައެވެ. އަދި ހަނގުރާމަ އަލުން ފެށުނުފަހުން މިހާތަނަށް ސަޢޫދިއިން 1,000 އަށްވުރެ ގިނަ ޙަމަލާ ދީފައިވާކަމަށް އޭނާ ބުންޏެވެ.
ހޫޘީންގެ ޞިއްޙަތާބެހޭ ވުޒާރާއިން ވަނީ މި ޙަމަލާއަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ދީފައިވާ ޙަމަލާއެއްކަމަށް ބުނެ، މިކަން ތަޙުޤީޤުކުރުމަށް ބައިނަލްއަޤްވާމީ ކޮމިޓީއެއް އެކުލަވާލުމަށް ގޮވާލާފައެވެ.














