Monday, 28 September 2026
Ads by

ރާއްޖެއަށް ބިދޭސީން މަސްތުވާތަކެތި އެތެރެކުރުން އެކީ ހުއްޓުވާނެކަމުގެ ޔަގީންކަން ވަޒީރު އިހުސާން ދެއްވައިފި

ރާއްޖެއަށް ބިދޭސީން މަސްތުވާތަކެތި އެތެރެކުރުން އެކީ ހުއްޓުވާނެކަމުގެ ޔަގީންކަން ވަޒީރު އިހުސާން ދެއްވައިފި

ރާއްޖެއަށް ބިދޭސީން މަސްތުވާތަކެތި އެތެރެކުރާ މައްސަލަ އެކީގައި ހުއްޓުވޭނެކަމުގެ ފުރިހަމަ ޔަގީންކަން ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ދެއްވައިފިއެވެ.

Ad Image
Ads by

ވަޒީރު މިހެން ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން އާންމުންނަށް ސުވާލުކުރުމަށް ބޭއްވި ”އަހާ“ ފޯރަމްގައި، ބޯޑަރު ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އިހުސާން ވިދާޅުވި ގޮތުގައި ބޯޑަރުގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ވަނީ ބޮޑީ ސްކޭނަރުތައް ބަހައްޓައިފައެވެ. މިއީ ހަށިގަނޑުގެ އެތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން އެތެރެކުރަން އުޅޭ މީހުން ދެނެގަތުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން އެންމެ ފަހުންވެސް ހަށިގަނޑު ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން އެތެރެކުރަން އުޅުނު ނޭޕާލުގެ ދެ މީހަކު ހެއްކާއެކު އަތުލައިގަނެވިފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ. ކުރިން ނުފެންނަ ގޮތަށް ހުންނަ އުކުޅުތައް ދެނެގަނެވޭނެ ޒަމާނީ ވަސީލަތްތަކާއި އިންތިޒާމުތައް މިހާރު ބޯޑަރުގައި ގާއިމުކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލައަށް ހައްލު ހޯދުމަށް އިތުރު މުވައްޒަފުން މިވަގުތު ބޭނުންނުވާކަން ފާހަގަކުރައްވަމުން އިހުސާން ވިދާޅުވީ، އިންޓެލިޖެންސް މައުލޫމާތުގެ އަލީގައި ކުރިއަށްދާނަމަ ދާގީނާގައާއި ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރުން އެއްކޮށް ހުއްޓުވޭނެ ކަމަށެވެ.

މީގެއިތުރުން، މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ދެވޭ އަދަބުތައް ވަރުގަދަކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ވަކި މިންވަރަކަށްވުރެ ގިނައިން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް ގާނޫނަށް ގެނެވުނު އިސްލާހާއެކު، މިފަދަ ޖަރީމާތައް ހިންގަން މީހުން ފަސްޖެހޭނެކަމަށް ގަބޫލުކުރައްވާކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
easha
'އަދަދު' ނޫހުގެ ޑޮކިއުމެންޓްރީ މައްސަލައިގައި އީޝާގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލައިފި
ihusaan
ރާއްޖެއަށް ބިދޭސީން މަސްތުވާތަކެތި އެތެރެކުރުން އެކީ ހުއްޓުވާނެކަމުގެ ޔަގީންކަން ވަޒީރު އިހުސާން ދެއްވައިފި
mnu
ދިވެހިރާއްޖޭގައި ޔުނިވަރސިޓީތައް ހިންގުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައިފި
download - 2026-09-27T202702
އދ. ގެ ދަތުރުފުޅު ނިންމަވާލައްވައި ނައިބު ރައީސް މާލެވަޑައިގެންފި
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260926_230416
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އިރާޤުން އީރާނުގެ ފްލައިޓްތައް ހުއްޓުވުމުން އީރާނުން އިންޒާރުދީފި
Irasha ekimv
ކައުންސިލަރު އިރާޝާގެ ދެކޮޅުނުޖެހޭ ވާހަކަތަކަކީ ތަރައްޤީއަށް އެޅޭ ބޮޑު ހުރަހެއް!
download - 2026-09-25T231058
މަޑުއްވަރީގައި ބިދޭސީ އަންހެނަކަށް މާރާމާރީ ހިންގައި ފައިސާ ފޭރުނު ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފި