Tuesday, 17 November 2026
Ads by

އެމެރިކާއަށް ކުރާ އިތުބާރު ގެއްލިއްޖެކަމަށް ބުނެ އަނެއްކާވެސް ސުލްޙައިގެ ވާހަކަތައް އީރާނުން ހުއްޓާލައިފި

އެމެރިކާއަށް ކުރާ އިތުބާރު ގެއްލިއްޖެކަމަށް ބުނެ އަނެއްކާވެސް ސުލްޙައިގެ ވާހަކަތައް އީރާނުން ހުއްޓާލައިފި

2026 ސެޕްޓެމްބަރު 23 ގައި އެމެރިކާގެ ނިއުޔޯކް ސިޓީގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ކުރިއަށްދިޔަ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގައި، އިރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިޔާން ތަޤްރީރުކުރަނީ. (ފޮޓޯ: މައިކް ސެގަރ/ރޮއިޓާސް)

އދ. ގެ އާންމު މަޖިލީހުގައި ސުލްޙައިގެ ވާހަކަތަކަށް މަރުޙަބާ ބުނިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިޔާން ވަނީ އެމެރިކާއާއެކު ކުރާ މަޝްވަރާތަކަށް އޮތް އިތުބާރު ގެއްލިއްޖެކަމަށް އިޢުލާނުކޮށްފައެވެ.

Ad Image
Ads by

މި ނިންމުން އައިސްފައިމިވަނީ، ސުލްޙައިގެ ވާހަކަތައް ކުރިއަށްދަނިކޮށް އެމެރިކާއިން އީރާނުގެ އޭވިއޭޝަން ދާއިރާއަށް އަމާޒުކޮށް ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމާ ގުޅިގެންނެވެ. މީގެ ކުރިން އީރާނުން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފިނަމަ ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށާއި، ނިއުކްލިއަރ އިންސްޕެކްޓަރުންނަށް ފުރުޞަތު ދިނުމަށް ހުށަހަޅާފައެވެ. ނަމަވެސް ރައީސްގެ މި ބަސްފުޅާއެކު އެ ހުށަހެޅުންތައް ވަނީ ބާޠިލުވެފައެވެ.

ރައީސް ޕެޒެޝްކިޔާން ވިދާޅުވީ، ކޮންމެ ފަހަރަކު މަޝްވަރާކުރުމަށްފަހު އެމެރިކާއިން އައު ފިޔަވަޅުތަކާއި ޙަމަލާތައް ދެމުންދާތީ އިތުރަށް އެމެރިކާއަށް އިތުބާރު ނުކުރެވޭނެ ކަމަށެވެ. އީރާނުން މިގޮތަށް ނިންމަން މެދުވެރިވި މައިގަނޑު ސަބަބަކީ، އީރާނުގެ ފްލައިޓްތަކަށް ޚިދުމަތްދޭ އެހެން ޤައުމުތަކުގެ ކުންފުނިތަކަށް އެމެރިކާއިން ދަތިކުރަން ފެށުމެވެ. މިކަމުގެ ސަބަބުން އިރާޤު، ޔޫއޭއީ އަދި އޮމާން ފަދަ ޤައުމުތަކުން ވަނީ އީރާނުގެ ފްލައިޓްތައް ހުއްޓުވާފައެވެ.

މަޝްވަރާތައް ހުއްޓުމަކަށް އައުމާއެކު، މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރަށާއި ކަނޑުމަގުން ކުރާ ވިޔަފާރިއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވުމުގެ ބިރު މިހާރު ވަނީ ވަރަށް ބޮޑުވެފައެވެ. އީރާނުން ވަނީ މީގެ ކުރިންވެސް ސަރަޙައްދުގެ އެހެން ޤައުމުތަކުގެ ފްލައިޓްތަކަށް ހުރަސްއަޅާފާނެ ކަމުގެ އިންޒާރު ދީފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި