Saturday, 26 September 2026
Ads by

އދ. ގެ ނިޒާމަށް އިސްލާހު ގެނެސް، ވީޓޯގެ ބާރު އުވާލަން ނައިބު ރައީސް ގޮވާލައްވައިފި

އދ. ގެ ނިޒާމަށް އިސްލާހު ގެނެސް، ވީޓޯގެ ބާރު އުވާލަން ނައިބު ރައީސް ގޮވާލައްވައިފި

ނައިބުރައީސް ތަގުރީރު ކުރައްވަނީ ---

އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ (އދ) ގެ ހިންގުމުގެ ނިޒާމަށް ޒަމާނީ ބޮޑެތި އިސްލާހުތަކެއް ގެނެސް، ސަލާމަތީ މަޖިލީހުގެ މެންބަރު ގައުމުތަކަށް ލިބިފައިވާ ވީޓޯ ކުރުމުގެ ބާރު އުވާލުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ގޮވާލައްވައިފިއެވެ.

Ad Image
Ads by

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވަމުންނެވެ.

ނައިބު ރައީސްގެ ތަގުރީރުގައި ވިދާޅުވީ، ދުނިޔޭގެ ސުލްހައާއި އަމާންކަން ދެމެހެއްޓުމަށްޓަކައި އދ. އަށް އޮތް އިތުބާރު އަލުން އިއާދަކުރަންޖެހޭ ކަމަށެވެ. އަދި ސަލާމަތީ މަޖިލީހަކީ މިއަދުގެ ދުނިޔެއަށް ގޮތް ނިންމާއިރު 1945 ވަނަ އަހަރުގެ ދުނިޔެ ސިފަކޮށްދޭ ތަނަކަށް ވެގެންނުވާނެ ކަމަށާއި، އެ މަޖިލީހުގެ ދާއިމީ އަދި ދާއިމީ ނޫން ގޮނޑިތަކުގެ އަދަދު އިތުރުކުރަންޖެހޭ ކަމަށް ފާހަގަކުރެއްވިއެވެ.

ޚާއްސަކޮށް ތަރައްގީވަމުންދާ ކުދި ޖަޒީރާ ގައުމުތަކަށް ސަލާމަތީ މަޖިލީހުން ދައުރުވާ ގޮތަށް ދާއިމީ ނޫން ގޮނޑިއެއް ކަނޑައެޅުމަކީ މަޖުބޫރު ކަމެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އެފްރިކާ ބައްރަށް އެތައް ދުވަހަކު ނުލިބި އޮތް ހަމަހަމަ ތަމްސީލުކުރުމުގެ ފުރުސަތު މިހާރުން މިހާރަށް ފަހިކޮށްދޭންޖެހޭ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުދި ގައުމުތަކަށް މޫސުމީ ބަދަލުތަކާއި، މާލީ ދަތިތަކާއި، ސަޕްލައި ޗެއިންތަކުގެ އިތުރުން ސަލާމަތީ ކަންކަން ގުޅިލާމެހިފައިވާ މިންވަރު އެނގޭކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، ބާރުގަދަ ގައުމުތަކުގެ ކުރިމަތީގައި ކުދި ގައުމުތަކަށް އޮތް އެންމެ ވަރުގަދަ އައްޑަނައަކީ ބައިނަލްއަގުވާމީ ގާނޫނުތައް ކަމަށެވެ. އަދި ސިޔާސީ ނުފޫޒާއި ގައުމެއްގެ ބާރަކީ ޒިންމާދާރުކުރުވުމުން ރެކެން އޮތް ސަބަބަކަށް ވެގެންނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެއިން އދ. ގެ ތަފާތު ގުނަވަންތަކުގެ ގޮނޑިތަކަށް ކުރިމަތިލާން ނިންމާފައިވާކަން ހާމަކުރައްވަމުން، ނައިބު ރައީސް ވިދާޅުވީ އެއީ ކުދި ގައުމުތަކަކީ ހަމައެކަނި އެހެން ބަޔަކު ނިންމާ ނިންމުންތަކަށް ތަބާވާ ބައެއްގެ ބަދަލުގައި، އަމިއްލައަށް ނިންމުންތައް ނިންމާ މޭޒުދޮށުގައި ތިބޭ ބަޔަކަށް ހެދުމުގެ މަގުސަދުގައި ކަމަށެވެ.

ތަގުރީރު ނިންމަވާލައްވަމުން ނައިބު ރައީސް ވިދާޅުވީ އދ. އަށް ގެންނަ އިސްލާހީ ބަދަލުތަކަކީ ހަމައެކަނި ލިޔެކިޔުމުގައި އޮންނަ ބަދަލުތަކަކަށް ނުވެ، އަމަލީ ގޮތުން ނަތީޖާ ނެރެދޭ ބަދަލުތަކަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެ ޖަމިއްޔާގެ ތާރީޚުގައި ގެނެވޭނެ އެންމެ މުހިންމު އެއް ބަދަލުގެ ގޮތުގައި، ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އަންހެނަކު އިންތިޚާބުކުރުމަށް ރާއްޖެއިން ތާއީދުކުރާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-25T231058
މަޑުއްވަރީގައި ބިދޭސީ އަންހެނަކަށް މާރާމާރީ ހިންގައި ފައިސާ ފޭރުނު ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފި
download - 2026-09-25T205834
އދ. ގެ ނިޒާމަށް އިސްލާހު ގެނެސް، ވީޓޯގެ ބާރު އުވާލަން ނައިބު ރައީސް ގޮވާލައްވައިފި
20260925_191409
އެމެރިކާގެ ބިރުދެއްކުންތަކަށް ބޯނުލަނބާނަން. އެކަމަކު އިންޒާރު ދިނުން ހުއްޓާލައިފިނަމަ މަޝްވަރާގެ މޭޒަށް އެރުމަށް ތައްޔާރު: އީރާނު
maahidhaa
ސޯސަން މަގުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އިމިގްރޭޝަން އޮފިސަރު މާހިދާ ނިޔާވެއްޖެ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
Nasheed 5652
ދަރަނި އަދާކުރުމަކީ އުފާ ކުރަންޖެހޭ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވުމުން ޒަމްޒަމް ފާރިޝް ރައްދު ދެއްވައިފި
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
Nasheed 5652
ދަރަނި އަދާކުރުމަކީ އުފާ ކުރަންޖެހޭ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވުމުން ޒަމްޒަމް ފާރިޝް ރައްދު ދެއްވައިފި
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ