Monday, 23 November 2026
Ads by

ނަތަންޔާހޫ އދ. ގައި ވާހަކަދައްކަން ފެށުމާއެކު ރާއްޖެ ހިމެނޭހެން އެތައް ގައުމަކުން މާލަން ދޫކޮށް ނުކުމެއްޖެ

ނަތަންޔާހޫ އދ. ގައި ވާހަކަދައްކަން ފެށުމާއެކު ރާއްޖެ ހިމެނޭހެން އެތައް ގައުމަކުން މާލަން ދޫކޮށް ނުކުމެއްޖެ

އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަގުރީރު ކުރަން ޕޯޑިއަމަށް އެރުމާއެކު، ދިވެހިރާއްޖޭގެ ވަފުދުގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ މަންދޫބުން ޖަލްސާކުރާ މާލަން ދޫކުރައްވައި ނުކުމެވަޑައިގެން އޭނާގެ ތަގުރީރު ބޮއިކޮޓްކޮށްފިއެވެ.

Ad Image
Ads by

ނިއުޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ކުރިއަށްދިޔަ މި ޖަލްސާގައި ނަތަންޔާހޫ ވާހަކަދައްކަން ފެށުމާއެކު، ގިނަ އަދަދެއްގެ ގައުމުތަކުގެ ވަފުދުތަކުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް އަޑުގަދަކުރުމަށްފަހު ހޯލުން ނުކުމެގެން ގޮސްފައެވެ. މި މަންޒަރާއެކު މުޅި މާލަން ބޮޑުބައި ހުސްވެގެން ދިޔައިރު، ޖަލްސާގެ ރިޔާސަތުން ވަނީ މަސްލަހަތު ގާއިމުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.

ގައުމުތަކުގެ މަންދޫބުން ހޯލު ދޫކުރައްވައި ވަޑައިގަތުމުން އެކަމާ ނުރުހުން ފާޅުކުރަމުން ނަތަންޔާހޫ ވަނީ އެ މީހުންނަކީ ފިނޑިން ކަމަށް ސިފަކޮށް، އިތުރު ބަޔަކު ނުކުންނަން ބޭނުންނަމަ ނުކުތުމަށް ގޮންޖަހާފައެވެ. ކުރިއަށް އޮތް އިސްރާއީލުގެ އިންތިޚާބާ ދިމާކޮށް މަގާމު ދިފާއުކުރުމުގެ އަމާޒުގައި ދިން މި ތަގުރީރުގައި، އިސްރާއީލުން ޣައްޒާއާއި، ހުޅަނގު އައްސޭރި، ސީރިއާ، ލުބުނާން، އީރާން، ޔަމަން އަދި އިރާގު ހިމެނޭހެން ހަތް ދިމާލަކުން ހަނގުރާމަކުރަމުންދާ ކަމަށާއި އެ ހުރިހާ ހަނގުރާމައެއް އިސްރާއީލުން ކާމިޔާބުކުރާނެ ކަމަށް އޭނާ ބުންޏެވެ.

މި ތަގުރީރުގައި ތުރުކީވިލާތަށާއި އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާނަށް ނަތަންޔާހޫ ކުރި ތުހުމަތުތަކަށް ރައްދު ދެއްވަމުން ތުރުކީގެ ރިޔާސަތުން ބުނެފައިވަނީ، ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން ހަނގުރާމައިގެ ޖަރީމާތަކުގެ ކުށުގައި ހައްޔަރުކުރުމުގެ އަމުރު ނެރެން މަސައްކަތްކުރާ ނަތަންޔާހޫ ދެއްކި އެއްވެސް ވާހަކަޔަކުން ޣައްޒާގައި ހިންގާ ގަތުލުއާންމުތައް ފޮރުވައިނުލެވޭނެ ކަމަށެވެ. އަދި އިނގިރޭސިވިލާތާއި ފްރާންސް ފަދަ ގައުމުތަކަށް ނަތަންޔާހޫ ފާޑުކީ ނަމަވެސް، އެމެރިކާގެ އެހީތެރިކަމަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި 40،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެ، މުޅި ސަރަހައްދު ވަނީ ސުންނާފަތިވެފައެވެ.

މި މައްސަލައިގައި ބައިނަލްއަގުވާމީ ކޯޓުތަކުންނާއި އދ. އިން އިސްރާއީލަށް ކުރިމަތިވަމުންދާ ފާޑުކިޔުންތަކާއި ހަނގުރާމައިގެ ޖަރީމާތަކުގެ ތުހުމަތުތައް އިތުރުވަމުންދާއިރު، ދިވެހިރާއްޖެއިން އަންނނީ ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ މައިދާނުގައި ވަކާލާތުކޮށް، އިސްރާއީލުގެ ލާއިންސާނީ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
bila
ޖުމްލަ 14 އަށްވުރެ ގިނަ ރަން މެޑައްޔާއެކު ޔޭލް ޔުނިވަސިޓީގައި ބޭއްވި މުބާރާތަކުން ރާއްޖެއަށް ފަޚުރުވެރި ވަނަތަކެއް!
8a2fa676-0aad-4db3-864d-4a7ea76ad563
އިސްރާއީލުގައި ސަރުކާރެއް އެކުލަވާލުމަށް ބޭއްވި މަޝްވަރާތައް އެއްބަސްވުމަކަށް ނާދެވި ނިމިއްޖެ
img_md_202611230627211795397241
ދުޝްމަނުން ބަލިކޮށް ނިކަމެތިކޮށްލާނެ ކަމުގެ އިންޒާރާއެކު އީރާނުން އާ މިސައިލް ލޯންޗަރެއް އާންމުކޮށްފި
russia
ޑްރޯން ހަމަލާއަކާ ގުޅިގެން ރަޝިޔާގެ މުދާ އުފުލާ ބޯޓެއްގައި ރޯވި އަލިފާން އަދިވެސް ނިއްވާނުލެވޭ
Ads by
މަގުބޫލު
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި