Friday, 25 September 2026
Ads by

މާލޭ މަގު ހެދުމާއި ވިލިމާލެ ހޮސްޕިޓަލުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފަށާނެ: ޗައިނާ ސަފީރު

މާލޭ މަގު ހެދުމާއި ވިލިމާލެ ހޮސްޕިޓަލުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފަށާނެ: ޗައިނާ ސަފީރު

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ---

މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރުމާއި، ވިލިމާލޭގައި ޗައިނާ – މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތް މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޗައިނާގެ 77 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމުގެ މައްޗަށް އަލިއަޅުވައިލައްވައި، ޗައިނާއިން ރާއްޖޭގައި ކުރިއަށްގެންދާ މުހިންމު މަޝްރޫއުތަކުގެ ތަފްސީލުތައް ސަފީރު ހިއްސާކުރެއްވިއެވެ. ސަފީރު ވިދާޅުވީ، ޗައިނާގެ އެހީގެ ދަށުން ކުރިއަށްގެންދާ އެ ދެ މަޝްރޫއަކީވެސް ފުރިހަމައަށް ފައިސާ ލިބޭ މަޝްރޫއުތަކެއް ކަމަށެވެ. މި ވަގުތު ވިލިމާލޭ ހޮސްޕިޓަލުގެ މަސައްކަތް އޮތީ ބިޑިންގ މަރުހަލާގައި ކަމަށާއި، މާލެއާއި ވިލިމާލޭގެ މަގުތައް އަލުން ތަރައްގީކުރުމުގެ މަޝްރޫއު އޮތީ ޑިޒައިން މަރުހަލާގައި ކަމަށެވެ.

ކަން މިހެން އޮތުމުން މި ދެ މަޝްރޫއުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމަށް ލަފާކުރައްވާ ކަމަށް ސަފީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ޗައިނާއިން ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާކަން ސަފީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން، ހަނިމާދޫގައި ކޮކޮނެޓް ޓްރީ ޕެސްޓް ކޮންޓްރޯލް މަޝްރޫއު ކާމިޔާބުކަމާއެކު ހިންގާފައިވާކަން ސަފީރު ފާހަގަކުރެއްވިއެވެ. އަދި ރަށްރަށުގެ ކައުންސިލްތައް އިމާރާތް ކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށާއި، މި މަޝްރޫއުތައް މިއަހަރު ނިމޭއިރު އެޕްރޫވްވާނެ ކަމަށްވެސް ސަފީރު ވަނީ ވިދާޅުވެފައެވެ.

ޗައިނާގެ އެހީގައި ހެދި ސިނަމާލެ ބުރިޖުގެ މުހިންމުކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވީ، މީގެ ދުވަސްކޮޅެއް ކުރިން ބުރިޖުގައި އުޅަނދެއް ޖެހުމުން، ޗައިނާގެ މެއިންޓެނަންސް ޓީމުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިންސްޕެކްޝަނެއް ކުރިއަށްގެންދިޔަ ކަމަށެވެ. ސަފީރު ވިދާޅުވީ، ސިނަމާލެ ބުރިޖަކީ ވަރަށް ވަރުގަދަ ބުރިޖެއް ކަމަށާއި ޗައިނާއިން މެއިންޓެނަންސްގެ ހިދުމަތްތައް ފޯރުކޮށްދީ، ބުރިޖުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.

ދެ ގައުމުގެ އިގުތިސާދީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި އަންނަ އޮކްޓޫބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޗައިނާ – މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމަކީ، ދެ ގައުމުގެ ވިޔަފާރިތަކަށް އެއްބާރުލުމުގެ ގިނަ ފުރުސަތުތަކެއް ހޯދައިދޭނެ ޕްލެޓްފޯމެއް ކަމަށްވެސް ސަފީރު ވިދާޅުވިއެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ދެ ގައުމުގެ ގުޅުމަށް އަލިއަޅުވައިލައްވަމުން ސަފީރު ވިދާޅުވީ، މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް 280،000 ޗައިނާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށާއި، ކުރިއަށްއޮތް ދުވަސްތަކުގައިވެސް ރާއްޖެ އަންނަ ޗައިނާ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް އަންދާޒާ ކުރައްވާ ކަމަށެވެ.

ސަފީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ 2040 ވަނަ އަހަރުގެ ނިޔަލަށް ތަރައްގީވެފައިވާ ގައުމަކަށް ދިވެހިރާއްޖެ ބަދަލުކުރުމުގެ އަމާޒަށް ވާސިލްވުމަށް މަސައްކަތް ކުރައްވާއިރު، ޗައިނާއާއި ދިވެހިރާއްޖެއަކީ ސިޔާސީ ގޮތުން ވަރުގަދަ އިތުބާރެއް އުފެދިފައިވާ، ތަރައްގީގެ ތަސައްވުރުތައް އެއްގޮތް، އަދި އެއްބާރުލުމުގެ ފުރުސަތު ބޮޑު ދެ ގައުމު ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260924_233339
ޒެލެންސްކީ އދ. ގައި ތަޤުރީރުކުރުމުގެ މަދު ގަޑިއިރުތަކެއް ކުރިން ރަޝިޔާއިން ކީވްއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
big_nwwN1oLyFmbtXunsQ5NTGhqXJ
ގުރުއާނާ ބެހޭ ދާއިރާއިން ރާއްޖޭގައި ފެންނަމުން ދަނީ އުންމީދީ ދުވަސްތަކެއް: ޝަހީމް
Quran mubaaraaiy38
ޤުރުއާން މުބާރާތުގެ އެއްވަނަ ހޯދައި ރައީސްގެ އިނާމް އިޒުއާން، އާޔަން އަދި ޒީކް ހޯދައިފި
download - 2026-09-24T195609
ޗައިނާ-ރާއްޖެ އެއްބަސްވުންތަކުގެ ޙަޤީޤީ ފައިދާ ފެންނަނީ ރައްޔިތުންގެ ދިރިއުޅުމުން: ރައީސް
Ads by
މަގުބޫލު
Nasheed 5652
ދަރަނި އަދާކުރުމަކީ އުފާ ކުރަންޖެހޭ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވުމުން ޒަމްޒަމް ފާރިޝް ރައްދު ދެއްވައިފި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260918_171259
މުޙައްމަދު ޢަލީ އިސްލާމްދީން ޤަބޫލުކުރުމުން، ޢާއިލާއިން އޭނާއަށް ބިރުދައްކައި ބަންދުކުރި މައްސަލައިގާ ކޯޓުން އޭނާ ދޫކޮށްލުމަށް ޢަމުރުކޮށްފި
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Nasheed 5652
ދަރަނި އަދާކުރުމަކީ އުފާ ކުރަންޖެހޭ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވުމުން ޒަމްޒަމް ފާރިޝް ރައްދު ދެއްވައިފި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260918_171259
މުޙައްމަދު ޢަލީ އިސްލާމްދީން ޤަބޫލުކުރުމުން، ޢާއިލާއިން އޭނާއަށް ބިރުދައްކައި ބަންދުކުރި މައްސަލައިގާ ކޯޓުން އޭނާ ދޫކޮށްލުމަށް ޢަމުރުކޮށްފި
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ