Sunday, 27 September 2026
Ads by

އައްޑޫ ލިންކް ރޯޑް ހަތަރު ލޭނަށް ފުޅާކޮށް ތަރައްޤީކުރުން ޗައިނާގެ ރޯޓައިމް ކުންފުންޏާ ހަވާލުކޮށްފި

އައްޑޫ ލިންކް ރޯޑް ހަތަރު ލޭނަށް ފުޅާކޮށް ތަރައްޤީކުރުން ޗައިނާގެ ރޯޓައިމް ކުންފުންޏާ ހަވާލުކޮށްފި

އެއްބަސްވުމުގައި ސޮއިކުރުމުގެތެރެއިން -- ފޮޓޯ/ އިންފްރާސްޓްރަކްޗާ މިނިސްޓްރީ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ދަތުރުފަތުރަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފައިވާ ލިންކް ރޯޑް މަރާމާތުކޮށް ހަތަރު ލޭނަށް ފުޅާކުރުމުގެ މަޝްރޫޢު ޗައިނާގެ ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ.

Ad Image
Ads by

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޢަބްދުﷲ މުއްތަލިބެވެ. އަދި ރޯޓައިމް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޒޫ ވެއިޑޮންގްއެވެ.

މި އެއްބަސްވުމުގެ ދަށުން އައްޑޫ ޑީޓުއާ ބްރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމްއާ ހަމައަށް އޮތް 12.3 ކިލޯމީޓަރުގެ މަގު، މިހާރު އޮތް ދެ ލޭނުން ހަތަރު ލޭނަށް ފުޅާކޮށް، އެކީ އަލުން ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ސަބަބުން ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ގަން އެއްގަމު މަގުން ގުޅުވައިދޭ މައި ދާރާއަށް ބޮޑު އެދެވޭ ބަދަލެއް އަންނާނެއެވެ.

އައްޑޫގެ ގިނަ ރައްޔިތުންގެ އާންމު ދިރިއުޅުމާއި އިޤްތިޞާދީ ހަރަކާތްތަކާ ސީދާ ގުޅިފައިވާ މި މަގުގައި ބޮޑެތި ވަޅުގަނޑުތައް ހެދި، އުޅަނދުފަހަރަށާއި ދަތުރުވެރިންނަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. އަދި އެކި ފަހަރު މަތިން މަގު މަރާމާތުކުރަން ނިންމި ނަމަވެސް ދާއިމީ ހައްލެއް ލިބިފައިނުވާއިރު، މި ދުވަސްވަރު ކުރި ވިއްސާރައިގައި ފެންބޮޑުވެ މަގުގެ ހާލަތު އިތުރަށް ގޯސްވުމުން، ކޮންމެހެން ދާންޖެހިގެން ނޫނީ އެ މަގު ބޭނުންނުކުރުމަށް އައްޑޫ ސިޓީ ކައުންސިލުންވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މި މަސައްކަތް ހަވާލުކުރި ޗައިނާގެ ރޯޓައިމް އިންޖިނިއަރިންގއަކީ ރާއްޖޭގައި އުމްރާނީ ތަރައްޤީގެ އެކި މަޝްރޫޢުތައް ކުރިންވެސް ހިންގާފައިވާ ކުންފުންޏެކެވެ. އެގޮތުން ވޭތުވެދިޔަ އަހަރުގެ ޑިސެމްބަރު މާސްތެރޭގައި ހުޅުމާލޭގެ މަގުތައް ހެދުމުގެ ބޮޑު މަޝްރޫޢެއްވެސް ސަރުކާރުން ވަނީ އެ ކުންފުންޏާ ހަވާލުކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި