Sunday, 29 November 2026
Ads by

ކަނޑުގެ 500 މީޓަރު އަޑިން ފެން އުފެއްދުމުގެ ސާރވޭ ނިމުމަކަށް: އަމަލީ މަސައްކަތް އަންނަ އަހަރު ފަށަނީ

ކަނޑުގެ 500 މީޓަރު އަޑިން ފެން އުފެއްދުމުގެ ސާރވޭ ނިމުމަކަށް: އަމަލީ މަސައްކަތް އަންނަ އަހަރު ފަށަނީ

އެމްޑަބްލިއުއެސްސީގެ އެމްޑީ ޙުސައިން ފަހުމީ---

ރާއްޖޭގެ ކަނޑުގެ 500 މީޓަރު އަޑިން ފެން އުފެއްދުމަށްޓަކައި ކުރިއަށްގެންދާ ސާރވޭގެ މަސައްކަތްތައް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ނޫސްވެރިންނާ ބައްދަލުކުރައްވައި ބޭއްވި ”ލެޓްސް ކަނެކްޓް“ ހަރަކާތުގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ، ކަނޑުގެ އަޑިން ފެން އުފެއްދުމުގެ ވާހަކަ އެންމެ ފުރަތަމަ ދެއްކެވުމުން ބައެއް ފަރާތްތަކުން އެކަމާމެދު ސުވާލު އުފެއްދި ނަމަވެސް، މިއީ ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި މިހާރުވެސް ކާމިޔާބުކަމާއެކު ބޭނުންކުރަމުން އަންނަ ޒަމާނީ ޓެކްނޮލޮޖީއެއް ކަމަށެވެ. ކަނޑުގެ 500 މީޓަރު އަޑީގައި ވޯޓަރ ޕްލާންޓެއް ގާއިމުކޮށްގެން ފެން އުފެއްދުމުގެ މި މަޝްރޫއު ކުރިއަށްގެންދަނީ މި ދާއިރާގެ ބޮޑު ތަޖުރިބާއެއް ލިބިފައިވާ ނޯވޭގެ ކުންފުންޏަކާ ގުޅިގެންނެވެ.

މި ޓެކްނޮލޮޖީގެ ފައިދާތަކަށް އަލިއަޅުއްވާލައްވަމުން ފަހުމީ ވިދާޅުވީ، ކަނޑުގެ 500 މީޓަރު އަޑިން ލިބޭ ލޮނަކީ އާދައިގެ މަތިން ބޯހޯލްތަކުން ނަގާ ލޮނަށްވުރެ މާބޮޑަށްވެސް ސާފު އަދި އޯގަނިކް މެޓީރިއަލްސް ވަރަށް ބޮޑަށް މަދު ލޮނެއް ކަމަށެވެ. މީގެ ސަބަބުން ފެން ސާފުކުރުމުގެ ނިޒާމުގެ ހިންގުމުގެ އެފިޝިއެންސީ އިތުރުވެ، ހިނގާ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މަޝްރޫއުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ، ސާރވޭގެ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާއިރު، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި ސޮއިކުރުމާއި، ފީސިބިލިޓީ ސްޓަޑީއާއި ޓެކްނިކަލް އަދި ތިމާވެއްޓަށް ކުރާނެ އަސަރުތައް ދެނެގަތުމުގެ ދިރާސާތައް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މި ހުރިހާ މަރުޙަލާއެއް ފުރިހަމަކޮށް، އަންނަ އަހަރުގެ މެދުތެރޭގައި މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް ކުރެވުނު ދިރާސާތަކުން ދައްކާގޮތުގައި، މި ޕްލާންޓް ގާއިމުކުރުމަށް އެންމެ އެކަށޭނަ ސަރަހައްދެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ގިރާވަރުފަޅާ ދިމާލު ބޭރު ކަނޑުގެ ސަރަހައްދެވެ.

މި މަޝްރޫއުގެ ދަށުން ނޯވޭގެ ކުންފުނިން އުފައްދާ ފެން، އެމްޑަބްލިއުއެސްސީން ގަންނާނީ އެކަށީގެންވާ ހެޔޮ އަގެއްގައެވެ. މި މަސައްކަތް ކާމިޔާބުކަމާއެކު ނިމިގެންދިޔުމުން، ރާއްޖޭގައި ފެން އުފެއްދުމުގެ ގާބިލުކަން އިތުރުވެ، މި ދާއިރާއަށް ބޮޑު އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް އެމްޑަބްލިއުއެސްސީން ގަބޫލުކުރެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
sp07628-1536x877
"މޯލްޑިވްސް 2.0" އާ އެކު އެމްޑަބްލިއުއެސްސީގެ އާ އީ-ޕޯޓަލް: އީފާސް މެދުވެރިކޮށް ޚިދުމަތްތަކަށް އެދެވޭނެ!
nabaahathu
ހުޅުދޫ އތމ ކޮމިޓީގެ ގޮނޑި ޕީއެންސީން ކާމިޔާބުކުރުމުން ރައީސް މަރުޙަބާ ވިދާޅުވެއްޖެ
big_qyrzgt8Cs0LzIQC2zjBMIUwqo
ރަތަފަންދޫގެ ކަރަންޓު ހިދުމަތް ވަރުގަދަކުރުމަށް 250 ކިލޯވޮޓްގެ ޖަނަރޭޓަރެއް އެ ރަށަށް ފޮނުވައިފި
IMG_3876
ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަން ޕީއެންސީގެ ކެންޑިޑޭޓު ނަބާހަތު ކާމިޔާބުކުރައްވައިފި
Ads by
މަގުބޫލު
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
iran war 27
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ކުވައިތާއި ސައުދީއަށް ހަމަލާތަކެއް
sasyj
އެމެރިކާގެ ސިފައިން ހިފެހެއްޓި ދެ ތެޔޮ ޓޭންކަރު އަނބުރާ ހޯދާފައިވާ ކަމަށް އީރާނުން ބުނެފި
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
iran war 27
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ކުވައިތާއި ސައުދީއަށް ހަމަލާތަކެއް
sasyj
އެމެރިކާގެ ސިފައިން ހިފެހެއްޓި ދެ ތެޔޮ ޓޭންކަރު އަނބުރާ ހޯދާފައިވާ ކަމަށް އީރާނުން ބުނެފި