Friday, 25 September 2026
Ads by

ވެސްޓު ބޭންކުގައި ދިން ޙަމަލާއެއްގައި އެމެރިކާގައި ހުރި އިޒްރޭލު ސަފީރުގެ ދަރިފުޅަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

ވެސްޓު ބޭންކުގައި ދިން ޙަމަލާއެއްގައި އެމެރިކާގައި ހުރި އިޒްރޭލު ސަފީރުގެ ދަރިފުޅަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

2026 ސެޕްޓެމްބަރު 23 ގައި ހުޅަނގު އައްސޭރީގެ (ވެސްޓް ބޭންކުގެ) މަކަބީމް ޗެކްޕޮއިންޓް ކައިރީގައި ކާރަކުން ޖައްސައި ދިން ޙަމަލާއެއް ޙަމަލާއާ ގުޅުންހުރި ފޮޓޯތަކެއްގެ ފޮޓޯ ކޮލާޖު (އެކިއެމްވީ)

އިސްތިއުމާރުކޮށްފައިވާ ވެސްޓު ބޭންކު ޗެކްޕޮއިންޓަކަށް ކާރެއް ވައްދާލައިގެން ބުދަ ދުވަހު ދިން ޙަމަލާއެއްގައި، އެމެރިކާގައި ހުރި އިޒްރޭލުގެ ސަފީރު ޔެކިއެލް ލެއިޓަރ ގެ ދަރިފުޅަށް ވަރަށް ބޮޑަށް އަނިޔާވެ، ޙާލު ސީރިއަސްވެއްޖެއެވެ.

Ad Image
Ads by

ބުދަ ދުވަހުގެ މެންދުރުފަހު، ވެސްޓު ބޭންކުގައި އޮންނަ ބެއިޓް ހޮރޯން ސެޓްލްމަންޓް ކައިރީގައި ހުރި އިސްރާއީލު ސިފައިންގެ ޗެކްޕޮއިންޓަކަށް ފަލަސްޠީނު މީހަކު ވަނީ ބާރު ސްޕީޑުގައި ކާރު ދުއްވާފައި ގޮސް ވައްދާލާފައެވެ. މި ޙަމަލާގައި އަނިޔާވީ ޗެކްޕޮއިންޓްގައި ޑިއުޓީގައި ހުރި ރިޒާވް ސިފައިންގެ މީހެއް ކަމަށްވާ ނެރިއާ ލެއިޓަރ އަށެވެ.

ސިއްޙީ އެހީތެރިން އެ ސަރަޙައްދަށް ދިޔައިރު ނެރިއާ އޮތީ ހޭނެތިފައެވެ. އޭނާ ވަގުތުން ވަނީ ޤުދުސްގެ ޝައާރޭ ޒެޑެކް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ސަފީރު ބުނެފައިވަނީ އޭނާގެ ދަރިފުޅު ސަލާމަތްވުމަށް ’މުޢުޖިޒާތެއް‘ ބޭނުންވާކަމަށެވެ.

ފަލަސްޠީނުގެ ޞިއްޙަތާބެހޭ ވުޒާރާއިން ކަށަވަރުކޮށްދިން ގޮތުގައި، ކާރު ދުއްވަން އިން 29 އަހަރުގެ މަޙްމޫދު މުޙައްމަދު މަޙްމޫދު ސުލައިމާން ވަނީ އިޒްރޭލު ސިފައިން ބަޑިޖަހައި އެތަނުގައި ޝަހީދުކޮށްލާފައެވެ. ސަފީރު ޔެކިއެލް ލެއިޓަރ ގެ އެންމެ ދޮށީ ދަރިފުޅު، މޯޝޭ ޔެދިދްޔާ ލެއިޓަރ ވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޣައްޒާގައި ކުރަމުންދިޔަ ހަނގުރާމައިގައި މަރާލާފައެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އދ. ގެ އާންމު މަޖިލީހަށް ފުރުމުގެ ކުރިން ބުދަ ދުވަހުގެ ރޭ ވަނީ ހޮސްޕިޓަލަށް ގޮސް ސަފީރުގެ އާއިލާއާ ބައްދަލުކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260924_233339
ޒެލެންސްކީ އދ. ގައި ތަޤުރީރުކުރުމުގެ މަދު ގަޑިއިރުތަކެއް ކުރިން ރަޝިޔާއިން ކީވްއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
big_nwwN1oLyFmbtXunsQ5NTGhqXJ
ގުރުއާނާ ބެހޭ ދާއިރާއިން ރާއްޖޭގައި ފެންނަމުން ދަނީ އުންމީދީ ދުވަސްތަކެއް: ޝަހީމް
Quran mubaaraaiy38
ޤުރުއާން މުބާރާތުގެ އެއްވަނަ ހޯދައި ރައީސްގެ އިނާމް އިޒުއާން، އާޔަން އަދި ޒީކް ހޯދައިފި
download - 2026-09-24T195609
ޗައިނާ-ރާއްޖެ އެއްބަސްވުންތަކުގެ ޙަޤީޤީ ފައިދާ ފެންނަނީ ރައްޔިތުންގެ ދިރިއުޅުމުން: ރައީސް
Ads by
މަގުބޫލު
Nasheed 5652
ދަރަނި އަދާކުރުމަކީ އުފާ ކުރަންޖެހޭ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވުމުން ޒަމްޒަމް ފާރިޝް ރައްދު ދެއްވައިފި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260918_171259
މުޙައްމަދު ޢަލީ އިސްލާމްދީން ޤަބޫލުކުރުމުން، ޢާއިލާއިން އޭނާއަށް ބިރުދައްކައި ބަންދުކުރި މައްސަލައިގާ ކޯޓުން އޭނާ ދޫކޮށްލުމަށް ޢަމުރުކޮށްފި
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ