Friday, 25 September 2026
Ads by

އިތިއޯޕިއާގެ ޓިގްރޭ ސަރަޙައްދުގެ އެއަރޕޯޓް ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގެންގޮސްފި

އިތިއޯޕިއާގެ ޓިގްރޭ ސަރަޙައްދުގެ އެއަރޕޯޓް ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގެންގޮސްފި

2024 އޮކްޓޯބަރު 12 ގައި ޝިރާރޯ އާއި ޝިރޭ ގުޅުވައިދޭ މަގުމެދުގައި އަނދައި ހަލާކުވެފައި އޮތް ޓީ-72 މަރުކާގެ ޓޭންކެއްގެ ބައިތައް ފެންނަ މަންޒަރެއް. (އޭއެފްޕީ ގެ ފޮޓޯއެއް)

އިތިއޯޕިއާގެ އުތުރުގައި އޮންނަ ޓިގްރޭ ސަރަޙައްދުގެ ވެރިރަށް، މެކެލޭގައި ހުންނަ ’އަލޫލާ އަބާ ނެގާ‘ އެއަރޕޯޓް، އެ ސަރަޙައްދުގެ ހަނގުރާމަވެރި ޖަމާޢަތް ކަމަށްވާ ޓިގްރޭ ޕީޕަލްސް ލިބަރޭޝަން ފްރޮންޓް (ޓީޕީއެލްއެފް) ގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފިއެވެ.

Ad Image
Ads by

ބުދަ ދުވަހުގެ ހެނދުނު ހިންގި މި ޢަމަލާ ގުޅިގެން އިތިއޯޕިއަން އެއަރލައިންސް އިން ވަނީ ޓިގްރޭ ސަރަޙައްދަށް ކުރާ ހުރިހާ ދަތުރުތަކެއް މެދުކަނޑާލާފައެވެ. މިއީ 2025 ވަނަ އަހަރުގެ ފަހުކޮޅު ސުލްޙައިގެ އެއްބަސްވުން އުވި، އަލުން ހަނގުރާމަ ފެށުނުފަހުން އެ ސަރަޙައްދުގެ މަސްރަޙު މިހާ ބޮޑަށް ގޯސްވި ފުރަތަމަ ފަހަރެވެ.

އޭއެފްޕީއަށް މަޢުލޫމާތު ދިން އެއަރޕޯޓުގެ މުވައްޒަފަކު ބުނިގޮތުގައި، ހެނދުނު ވަޒީފާއަށް ދިޔަ މަގުމަތީގައި ވެރިން ވަނީ ގުޅައި، އެއަރޕޯޓް ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގޮސްފައިވާތީ އެނބުރި ގެއަށް ދިއުމަށް އަންގާފައެވެ. މިކަމާ ގުޅިގެން ޤައުމީ އެއަރލައިނުން ވަނީ މެކެލޭ، އަކްސުމް އަދި ޝިރޭއަށް ކުރާ ހުރިހާ ދަތުރުތަކެއް ވަގުތުން ހުއްޓާލާފައެވެ.

މި ހަމަލާދީފައިމިވަނީ، އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަޙްމަދުގެ ސަރުކާރު ވައްޓާލުމަށްޓަކައި އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ޙަރަކާތްތެރިވާ 7 ހަތިޔާރުއެޅި ޖަމާޢަތަކުން ގުޅިގެން އައު އިއްތިޙާދެއް އުފެއްދިތާ 3 ދުވަސް ފަހުންނެވެ. ޓީޕީއެލްއެފް އިންވެސް ވަނީ މި އިއްތިޙާދުގައި ބައިވެރިވެފައެވެ.

މިކަމުގެ ރައްދުގައި ސަރުކާރު ސިފައިން ދަނީ ޓިގްރޭ ބޯޑަރު ކައިރިއަށް ޖަމާވަމުންނެވެ. އަދި ސަރުކާރުން އަންނަނީ ހަނގުރާމަވެރިންގެ އަމާޒުތަކަށް ޑްރޯން ޙަމަލާތައްވެސް ދެމުންނެވެ. މިކަމުގެ ސަބަބުން، ކުރީގެ ހަނގުރާމައިގައި ހާލުގައި ޖެހިފައިވާ މިލިއަނަކަށްވުރެ ގިނަ ރައްޔިތުންގެ ފުރާނައަށް ވަނީ ބޮޑު ނުރައްކަލަކާ ކުރިމަތިވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260924_233339
ޒެލެންސްކީ އދ. ގައި ތަޤުރީރުކުރުމުގެ މަދު ގަޑިއިރުތަކެއް ކުރިން ރަޝިޔާއިން ކީވްއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
big_nwwN1oLyFmbtXunsQ5NTGhqXJ
ގުރުއާނާ ބެހޭ ދާއިރާއިން ރާއްޖޭގައި ފެންނަމުން ދަނީ އުންމީދީ ދުވަސްތަކެއް: ޝަހީމް
Quran mubaaraaiy38
ޤުރުއާން މުބާރާތުގެ އެއްވަނަ ހޯދައި ރައީސްގެ އިނާމް އިޒުއާން، އާޔަން އަދި ޒީކް ހޯދައިފި
download - 2026-09-24T195609
ޗައިނާ-ރާއްޖެ އެއްބަސްވުންތަކުގެ ޙަޤީޤީ ފައިދާ ފެންނަނީ ރައްޔިތުންގެ ދިރިއުޅުމުން: ރައީސް
Ads by
މަގުބޫލު
Nasheed 5652
ދަރަނި އަދާކުރުމަކީ އުފާ ކުރަންޖެހޭ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވުމުން ޒަމްޒަމް ފާރިޝް ރައްދު ދެއްވައިފި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260918_171259
މުޙައްމަދު ޢަލީ އިސްލާމްދީން ޤަބޫލުކުރުމުން، ޢާއިލާއިން އޭނާއަށް ބިރުދައްކައި ބަންދުކުރި މައްސަލައިގާ ކޯޓުން އޭނާ ދޫކޮށްލުމަށް ޢަމުރުކޮށްފި
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ