Ads by
ޚަބަރު
އުމަރު ނިންމެވީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން
އުމަރު ނަސީރު ސަންގު ބަހުސްގައި ވާހަކަފުޅު ދައްކަވަނީ..

ނިމިދިޔަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކޮށް ބޮޑު ކާމިޔާބީއެއް ހޯދި އުމަރު ނަސީރު, އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމަވައިފިއެވެ.

Ads by Eki Online

އުމަރު މިކަން އިއުލާން ކުރީ ފޭސްބުކް ލައިވް އެއް މެދުވެރިކޮށް މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

އުމަރު ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އުމަރުގެ ސްލޯގަން “ދިވެހިރާއްޖެ އާ މިސްރާބަކަށް” އާއި އެކު ހުރިހާ ދާއިރާއަކަށް ވާދަކުރާނެކަމަށެވެ.

“ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެންމެ ގޮޑިއެއް ނުލިބުނުކަމުގައި ވިޔަސް ހުރިހާ ގޮޑިއަކަށް އަޅުގަނޑުމެންގެ ސްލޯގަން, ދިވެހިރާއްޖެ އާ މިސްރާބަކަށް އާއި ވަކާލާތު ކުރާކަންކަމާއި އެކު ވާދަކުރާނަން” އުމަރު ވިދާޅުވިއެވެ.

ނިމިދިޔަ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކޮށް އެންމެ ހައިރާންކުރުވަނި ކާމިޔާބީއެއް ހޯދާފައިވަނީ އުމަރު ނަސީރެވެ. އުމަރު ނަސީރު ވަނީ 6،343 ވޯޓާއެކު, ހަތަރުވަނަ ހޯއްދަވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *