Friday, 25 September 2026
Ads by

ހުޅުމާލޭގައި ނަފްސާނީ ބަލީގެ ހޮސްޕިޓަލެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި

ހުޅުމާލޭގައި ނަފްސާނީ ބަލީގެ ހޮސްޕިޓަލެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި

ހުޅުމާލޭގެ މަތިން ނަގާފައިވާ ފޮޓޯއެއް--- ފޮޓޯ: އެކި އެމްވީ

ހުޅުމާލޭގައި ސަރުކާރުގެ ހަރަދުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 50 އެނދުގެ ނަފުސާނީ ބަލީގެ ހާއްސަ ހޮސްޕިޓަލް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން މިއަދު ބީލަމަށް ހުޅުވާލައިފިއެވެ.

Ad Image
Ads by

ފިނޭންސް މިނިސްޓްރީން ޝާއިއުކުރި އިއުލާނެއްގައިވާ ގޮތުން، ހައުސިންގ މިނިސްޓްރީގެ އެދުމުގެ މަތިން ކުރިއަށްގެންދާ މި މަޝްރޫއުގެ ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. ބީލަމުގައި ބައިވެރިވުމަށްޓަކައި 1،500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭއިރު، ’ބަނޑޭރިޕޭ‘ ޕޯޓަލް މެދުވެރިކޮށް އަންނަ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ފައިސާ ދެއްކުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.

މި މަޝްރޫއުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 864،000 ދިވެހި ރުފިޔާ ކަނޑައަޅާފައިވާއިރު، ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބީލަން ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ. އަދި ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ އަންނަ އޮކްޓޫބަރު މަހުގެ 25 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގައެވެ.

މި ހޮސްޕިޓަލް ތަރައްގީކުރުމަށް ބޭރުގެ ލޯނު ހޯދުމުގެ މަރުހަލާ ދިގުލައިގެން ދިއުމާ ގުޅިގެން، ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން މަޝްރޫއު ކުރިއަށްގެންދިއުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނުކުރެއްވީ މިއަހަރުގެ އެޕްރީލް 27 ގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ހޮސްޕިޓަލް އެންމެ ފުރަތަމަ އެޅުމަށް ރޭވިފައި އޮތީ ލ. ގަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، މި މަޝްރޫއަށް ކުރިން ހޯދުމަށް މަސައްކަތްކުރި ބޭރުގެ ލޯނު ފެސިލިޓީ، ސިއްހީ ދާއިރާގެ އެހެނިހެން މުހިންމު ކަންކަމަށް ބޭނުންކުރުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260924_233339
ޒެލެންސްކީ އދ. ގައި ތަޤުރީރުކުރުމުގެ މަދު ގަޑިއިރުތަކެއް ކުރިން ރަޝިޔާއިން ކީވްއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
big_nwwN1oLyFmbtXunsQ5NTGhqXJ
ގުރުއާނާ ބެހޭ ދާއިރާއިން ރާއްޖޭގައި ފެންނަމުން ދަނީ އުންމީދީ ދުވަސްތަކެއް: ޝަހީމް
Quran mubaaraaiy38
ޤުރުއާން މުބާރާތުގެ އެއްވަނަ ހޯދައި ރައީސްގެ އިނާމް އިޒުއާން، އާޔަން އަދި ޒީކް ހޯދައިފި
download - 2026-09-24T195609
ޗައިނާ-ރާއްޖެ އެއްބަސްވުންތަކުގެ ޙަޤީޤީ ފައިދާ ފެންނަނީ ރައްޔިތުންގެ ދިރިއުޅުމުން: ރައީސް
Ads by
މަގުބޫލު
Nasheed 5652
ދަރަނި އަދާކުރުމަކީ އުފާ ކުރަންޖެހޭ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވުމުން ޒަމްޒަމް ފާރިޝް ރައްދު ދެއްވައިފި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260918_171259
މުޙައްމަދު ޢަލީ އިސްލާމްދީން ޤަބޫލުކުރުމުން، ޢާއިލާއިން އޭނާއަށް ބިރުދައްކައި ބަންދުކުރި މައްސަލައިގާ ކޯޓުން އޭނާ ދޫކޮށްލުމަށް ޢަމުރުކޮށްފި
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ