Sunday, 27 September 2026
Ads by

ރާއްޖެއިން ދަމަހައްޓާ އަހުވަންތަ ސިޔާސަތަށް އަބަދުވެސް ޝުކުރުވެރިވަން: ސަޢޫދީ ސަފީރު

ރާއްޖެއިން ދަމަހައްޓާ އަހުވަންތަ ސިޔާސަތަށް އަބަދުވެސް ޝުކުރުވެރިވަން: ސަޢޫދީ ސަފީރު

ރައީސް މުޢިއްޒުއާއި ސަޢޫދީ ސަފީރު ކުރެއްވި ބައްދަލުވުމެއްގެ ތެރެއިން---

ސަޢޫދީ ޢަރަބިއްޔާއާ މެދު ދިވެހިރާއްޖެއިން އަބަދުވެސް ގެންގުޅޭ އަހުވަންތަ އަދި އިހުލާސްތެރި ހާރިޖީ ސިޔާސަތު، އެ ގައުމުގެ ރަސްކަމުން ޝުކުރުވެރިކަމާއެކު އަގުވަޒަންކުރާ ކަމަށް ރާއްޖޭގައި ހުންނަވާ ސަޢޫދީ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ސަޢޫދީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ބަޔާނެއްގައި ސަފީރު ފާހަގަކުރެއްވި ގޮތުގައި، ދެ ޤައުމުގެ ދެމެދުގައި އޮތީ އިސްލާމީ އުހުއްވަތްތެރިކަމާއި، ޒަމާންވީ ރަހުމަތްތެރިކަމުގެ އިތުރުން އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެކެވެ. އަދި ސިޔާސީ، ތައުލީމީ، އިސްލާމީ އަދި ތަރައްގީގެ ދާއިރާތަކުން ދެ ގައުމުން ދެމުން އަންނަ އެއްބާރުލުމުގެ ސަބަބުން މި ގުޅުން އިތުރަށް ބަދަހިވަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

”ސަޢޫދީ ޢަރަބިއްޔާއާ މެދު ދިވެހިރާއްޖެއިން އަބަދުވެސް ދަމަހައްޓަމުން އަންނަ އިހުލާސްތެރި، އަހުވަންތަ ސިޔާސަތު ސަޢޫދީ ރަސްކަމުން ބަލައިގަންނަނީ ނުހަނު ޝުކުރުވެރިކަމާއެކު. އެ ސިޔާސަތުތަކުން ހާމަވަނީ ދެ ގައުމުގެ ދެމެދުގައިވާ އެއްބައިވަންތަކަމާއި، މިއޮތް ބަދަހި ރަހުމަތްތެރިކަން،“ – ސަފީރުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ދެ ޤައުމުގެ ގުޅުމުގެ މައި ތަނބަކީ ތަރައްގީގެ މައިދާނުގައި ދެވޭ އެއްބާރުލުންކަން ފާހަގަކުރައްވަމުން ސަފީރު ވިދާޅުވީ، ރާއްޖޭގެ މުހިންމު ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިވުމުގެ ގޮތުން 1978 ވަނަ އަހަރުން ފެށިގެން މިހާތަނަށް ’ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓް‘ މެދުވެރިކޮށް 488 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށެވެ.

ސައޫދީ ޢަރަބިއްޔާގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ހިޖާޒާއި ނަޖުދު އެއްބައިވަންތަކޮށް، ”ކިންގްޑަމް އޮފް ނަޖުދު އެންޑް ހިޖާޒް“ ގެ ނަން ”ސައޫދީ ޢަރަބިއްޔާ“ ގެ ނަމަށް ބަދަލުކުރި ތާރީހީ ދުވަހެވެ. މިއީ އާލް ސުޢޫދު ދަރިކޮޅުގެ ފުރަތަމަ ރަސްގެފާނު ޢަބްދުލްޢަޒީޒް ބިން ސަޢޫދު ނެރުއްވި ގަރާރަކުން، 23 ސެޕްޓެމްބަރު 1932 ގައި ގެންނެވި ބަދަލެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި