Ads by
ޚަބަރު
ރައީސް ޔާމީންގެ ޝަރީއަތް ކެންސަލް ކުރުމަކީ ރޭވިގެން ދޭ އަނިޔާއެއް: ޝުޖާޢު 

ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ޝަރީއަތް ކެންސަލް ކުރުމަކީ ރޭވިގެން ދޭ އަނިޔާއެއް ަކަމަށް ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ޝުޖާޢު މިފަދައިން ވިދާޅުވީ ވ. އާރަށު މައްސަލައިގައި ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފް އަޑުއެހުން މިއަދަށް ތާވަލުކުރުމަށް ފަހު ކެންސަލް ކުރުމާއި ގުޅިގެންނެވެ.

ޝުޖާޢު ވިދާޅުވީ ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ކުއްލިއަކަށް މިއަދު ކެންސަލް ކޮށްލުމަކީ އެމަނިކުފާނާއި އެމަނިކުފާނަށް ތާޢީދު ކުރާ އެއް ލައްކަށް އަށްވުރެ ގިނަ ރައްޔިތުންނަށް ދިން ހިތްދަތި އަނިޔާއެއް ކަމަށެވެ. އަދި މިއީ ރޭވިގެން ދެވޭ އަނިޔާ ކަމަށާއި މިއަދު ދިވެހި ރާއްޖޭގައި އެއްވެސް ރައްޔިތަކަށް އިންސާފެއް ނެތް ކަމަށް ޝުޖާޢު ވިދާޅުވިއެވެ.

” މުޅި ނިޒާމު އޮތީ މުޑުދާރު ކޮށްފަ. ސެޕްޓެމްބަރ 30 އަށް ފަހު ދިވެހީން ދެކޭނީ އިންސާފުވެރި އަދުލުގެ ނިޒާމެއް” ޝުޖާޢު ވިދާޅުވިއެވެ.

މިއަދު މެންދުރު ފަހަށް ތާވަލުކުރި އަޑުއެހުން ކެންސަލްކުރީ ހައި ކޯޓުން ބުނި ގޮތުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެދިގެންނެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ލިބިފައި ނުވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *