Friday, 25 September 2026
Ads by

މާލެ ސަރަހައްދުން ހިމަބިހި ޖެހުނު މީހުންގެ އަދަދު އިތުރު، ހުސްވި ހަފްތާގައި 13 މީހަކު ޕޮޒިޓިވްވެއްޖެ

މާލެ ސަރަހައްދުން ހިމަބިހި ޖެހުނު މީހުންގެ އަދަދު އިތުރު، ހުސްވި ހަފްތާގައި 13 މީހަކު ޕޮޒިޓިވްވެއްޖެ

ހިމަބިހި ޖެހިފައިވާ މީހެއްގެ އަތެއް---

މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން އިތުރު 13 މީހަކު ހިމަބިހި ނުވަތަ މީސަލްސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

Ad Image
Ads by

އެޗްޕީއޭގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ ހަފްތާ ނޫން އޭގެ ކުރީ ހަފްތާގައި މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ އެންމެ ފަސް މީހުންނެވެ. ނަމަވެސް، މިދިޔަ ހަފްތާގައި އަލަށް ފެނުނު 13 ކޭހާއެކު، މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 282 އަށް އަރައިފައެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މިހާތަނަށް 16،423 މީހަކަށް ހިމަބިހީގެ ވެކްސިން ވަނީ ދީފައެވެ.

އެޗްޕީއޭއިން ވަނީ އެމްއެމްއާރު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރިކަން ޔަގީންނުވާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ވެކްސިން ފުރިހަމަކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ބަލިޖެހިފައިވާ މީހަކާ ސީދާ ދިމާވެފައިވާ ފަރާތްތަކަށް، ހުޅުމާލެ ހޮސްޕިޓަލާއި މާލޭގެ އަރބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުން ވެކްސިން ދިނުމުގައި ހާއްސަ އިސްކަމެއް ދެވޭނެ ކަމަށްވެސް އެ އެޖެންސީން ބުނެއެވެ.

ހިމަބިހިން ރައްކާތެރިވުމަށްޓަކައި އެޗްޕީއޭއިން އާންމުންނަށް ދީފައިވާ މުހިންމު އިރުޝާދުތަކުގެ ތެރޭގައި ހިމެނެނީ:

  • ހުން އައުމާއެކު ހަމުގައި ރަތް ބިހިތަކެއް ނަގާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން.
  • ސިއްހީ ހިދުމަތް ހޯދުމަށް ދާއިރު މާސްކު އެޅުން.
  • ބައްޔަށް ޝައްކުކުރެވިގެން ޓެސްޓު ހަދާފައިވާނަމަ، ނަތީޖާ ލިބެންދެން ގޭގައި އެކަހެރިވެ ތިބުން.
  • ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން.

މި ބައްޔަކީ ވައިގެ ޒަރީއާއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެކެވެ. އެހެންކަމުން، ވެކްސިން ނުޖަހާ މީހުން މުޖުތަމައުގައި ގިނަވާނަމަ، ރާއްޖެއިން ބޭރުން އަންނަ މީހުންގެ ފަރާތުން މި ބަލި އަލުން ފެތުރުމުގެ ބޮޑު ފުރުސަތެއް އޮވެއެވެ. މިހާރު ކުރިއަށްދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ މައިގަނޑު މަގުސަދަކީ މި ބަލި އަލުން ރާއްޖޭގައި ފެތުރި، ވަޒަންވެރިވިޔަ ނުދީ ހުއްޓުވުމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260924_233339
ޒެލެންސްކީ އދ. ގައި ތަޤުރީރުކުރުމުގެ މަދު ގަޑިއިރުތަކެއް ކުރިން ރަޝިޔާއިން ކީވްއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
big_nwwN1oLyFmbtXunsQ5NTGhqXJ
ގުރުއާނާ ބެހޭ ދާއިރާއިން ރާއްޖޭގައި ފެންނަމުން ދަނީ އުންމީދީ ދުވަސްތަކެއް: ޝަހީމް
Quran mubaaraaiy38
ޤުރުއާން މުބާރާތުގެ އެއްވަނަ ހޯދައި ރައީސްގެ އިނާމް އިޒުއާން، އާޔަން އަދި ޒީކް ހޯދައިފި
download - 2026-09-24T195609
ޗައިނާ-ރާއްޖެ އެއްބަސްވުންތަކުގެ ޙަޤީޤީ ފައިދާ ފެންނަނީ ރައްޔިތުންގެ ދިރިއުޅުމުން: ރައީސް
Ads by
މަގުބޫލު
Nasheed 5652
ދަރަނި އަދާކުރުމަކީ އުފާ ކުރަންޖެހޭ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވުމުން ޒަމްޒަމް ފާރިޝް ރައްދު ދެއްވައިފި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260918_171259
މުޙައްމަދު ޢަލީ އިސްލާމްދީން ޤަބޫލުކުރުމުން، ޢާއިލާއިން އޭނާއަށް ބިރުދައްކައި ބަންދުކުރި މައްސަލައިގާ ކޯޓުން އޭނާ ދޫކޮށްލުމަށް ޢަމުރުކޮށްފި
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ