Ads by
ޚަބަރު
އިލްހާމް ވެސް ރައީސް ޞާލިޙަށް ތާއީދުކުރަން ނިންމައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއި އިލްހާމް އަހުމަދު ވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.

Ads by Eki Online

އިލްހާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤައުމު މިއަދު މިއޮތް ހާލަތަށް ބަލައި، އަނިޔާވެރިކަމާއި ބަދަލުހިފުމުގެ ރޫހު މާޒީން ފެނިފައިވާތީ، އަދި ބަދަލު ހިފުމުގެ ގޮތުން ކަންކަން ކުރާނެކަމަށް މިހާރުވެސް ބުނަމުންދާތީ، އެފަދަ ބަޔަކު ވެރިކަމަށް އައިސްފިނަމަ ނުކުންނާނެ ނަތީޖާއާމެދު ވިސްނައި، ސިޔާސީ ބޭފުޅުންނާއި އަދި އެހެނިހެން ފަރާތްތަކާ މަޝްވަރާކުރުމަށްފަހު، ރައީސްކަމުގެ މަޤާމަށް މިވަގުތު އިންތިޚާބު ކުރަން އެންމެ އެކަށޭނެ އަދި ޤާބިލް ބޭފުޅަކީ ރައީސް ޞާލިޙް ކަމަށް ފެންނާތީ، އެމަނިކުފާނަށް ތާއީދުކުރަން ނިންމާފައިވާ ކަމަށެވެ.

އަދި ރައީސް ޞާލިޙް ވަނީ ފާއިތުވެމިދާ ރިޔާސީ ދައުރުގައި، ޤައުމު ހަލަބޮލި ނުކޮށް، ސުލްހަވެރިކަމާއިއެކް ވެރިކަން ކުރެއްވޭނެކަން ސާބިތުކޮށްދެއްވާފައި ކަމަށާއި ވާދަވެރި ސިޔާސީ ހަރަކާތްތައް ހިންގަން ފުރުޞަތު ދެއްވައިގެން ވެސް ވެރިކަން ކުރެއްވިދާނެކަން ދައްކަވާފައި ކަމަށް އިލްހާމް ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *