Ads by
ޚަބަރު
ނިޒާމީ ވޯޓުގެ ގަރާރު ލިބުމާއެކު އީސީއިން ގާނޫނީލަފާ ހޯދަނީ
އިލެކްޝަންސް ކޮމިޝަނުން ބޭއްވިު ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަންގެ ނައިބު ރައީސް ހަބީބު އާއި ރައީސް ފުއާދު ތައުފީގު

ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހުށަހަޅާފައިވާ ޤަރާރު ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

Ads by Eki Online

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ޙަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވަފައިވާ ގަރާރު، އިލެކްޝަންސް ކޮމިޝަނަށް މިއަދު ލިބިފައިވާކަމަށެވެ. އަދި މިކަމާމެދު، އެ ކޮމިޝަނުން އަމަލު ކުރާނެގޮތުގެ ގާނޫނީ ލަފާ މިހާރު ހޯދަމުންދާކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރު މަޖިލީހުގެ މުޅި ކޮމިޓީން ދިރާސާކޮށް ފާސްކޮށް އިއްޔެ މަޖިލީހުގެ ތަޅުމުން އެ ގަރާރު ފާސްކޮށްފައިވެއެވެ. އެ ގަރާރުގައި ބުނެފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓު ނަގަން މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށެވެ.

މީގެ ކުރިން ހަބީބު ވިދާޅުވެފައިވަނީ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް އެއް މަސްދުވަސް ބޭނުންވާނެ ކަމަށެވެ. އަދި އެކަމަށް 40 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ރިޔާސީ ނިޒާމަކަށް ރާއްޖޭގައި ވެރިކަން ކުރަން ފެށީ ގާނޫނުއަސާސީ އެކުލަވައިލުމުގެ ކުރިން ރާއްޖޭގައި އޮންނާނެ ނިޒާމަކާ ގުޅޭ ގޮތުން އޮގަސްޓް، 18، 2007 ގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފަހުއެވެ. އެ ވޯޓުގައި ބައިވެރިވި 149،380 މީހުންގެ ތެރެއިން 62 ޕަސެންޓް މީހުން ވަނީ ރިޔާސީ ނިޒާމަށް ތާއީދު ކޮށްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

އަހުމަދު9 މަސް ކުރިން

މީގެ ކުރިން ދުވަހަކުވެސް މަޖިލީހުންފާސްކުރާ ގަރާރެއް ތަންފީޒު ކުރަން ކަމާބެހޭ ވުޒާރާއަށް .އަންގާފައެއްނުވޭ. މިފަހަރު މަޖިލީހުގެ ރައީސްގެ އަމިއްލަ އެދުމެއް އޮތީމަ މި ގަރާރު ގާނޫނު އަސާސީއަށްވުރެންވެސް މުހިންމުވެއްޖެ.

0
0