Sunday, 27 September 2026
Ads by

އަމީނީ މަގު މަރާމާތު ކުރުން: ސެގްމަންޓް 1 ގައި ތާރުއަޅައި ނިންމާލައިފި

އަމީނީ މަގު މަރާމާތު ކުރުން: ސެގްމަންޓް 1 ގައި ތާރުއަޅައި ނިންމާލައިފި

އަމީނީ މަގުގައި ތާރު އަޅައި ނިންމާލާފައި--- ފޮޓޯ: އެމްޓީސީސީ

އަމީނީ މަގު އަލުން މަރާމާތުކޮށް ރަނގަޅު ފެންވަރަކަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ފުރަތަމަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

Ad Image
Ads by

އެމްޓީސީސީން މި ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެގޮތުން ދެ ފަށަލައަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މަސައްކަތުގައި، ދެވަނަ ފަށަލަ އެޅުމުގެ މަސައްކަތް އިއްޔެ ފަށައި، މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ މުޅިން ނިންމާލައިފައެވެ. އަދި ތާރުއަޅައި ނިމުމާއެކު، މިހާރު ކުރިއަށްދަނީ މަގުމަތީގެ ނިޝާންތައް ކުރެހުން ފަދަ އެންމެ ފަހުގެ ފިނިޝިންގ މަސައްކަތްތައް ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

މި މަޝްރޫއުގެ ދަށުން ފުރަތަމަ ސެގްމަންޓުގައި ހިމެނެނީ އިއްޒުއްދީން މަގުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައި އޮންނަ ޕާކާ ހަމައަށް އޮތް ސަރަހައްދެވެ. މި ސަރަހައްދުގެ މަސައްކަތްތައް ނިމުމުން، ދެން ފެށުމަށް ހަމަޖެހިފައިވަނީ ދެވަނަ ސެގްމަންޓް ކަމަށްވާ އިއްޒުއްދީން މަގުން ފެށިގެން ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާ ހަމައަށް އޮތް ސަރަހައްދުގައި ތާރުއެޅުމުގެ މަސައްކަތެވެ.

ޒަމާނީ ފެންވަރަކަށް މިދިޔަ ސަރުކާރުގައި ތަރައްގީކުރި އަމީނީ މަގުގެ އެ ސަރަހައްދު ހަލާކުވާން ދިމާވި މައިގަނޑު ސަބަބެއް ކަމަށް ފަންނީ މާހިރުން ވިދާޅުވަނީ، ތާރު އެޅުމަށްފަހު އެކަށީގެންވާ ވަރަށް ނުހިކެނީސް އާންމު ދަތުރު ފަތުރަށް މަގު ހުޅުވާލުމެވެ.

އަމީނީ މަގުގެ ހަލާކުވެފައިވާ ބައިތައް މަރާމާތުކޮށް އަލުން ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެވުނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މަގުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާއިރު، ސަރުކާރުގެ އަމާޒަކީ ވީހާވެސް އަވަހަކަށް މުޅި މަގުގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލުމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-27T002300
ރައީސް މުއިއްޒުގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފި
20260927_052909
އެމެރިކާއަށް ކުރާ އިތުބާރު ގެއްލިއްޖެކަމަށް ބުނެ އަނެއްކާވެސް ސުލްޙައިގެ ވާހަކަތައް އީރާނުން ހުއްޓާލައިފި
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި