Friday, 25 September 2026
Ads by

ކުޅިވަރު ހަޔާތުގެ ފަހުކޮޅުގައި ސާއިދު މި ނިކުންނަނީ 5 ވަނަ އޭޝިއަން ގޭމްސްއަށް!

ކުޅިވަރު ހަޔާތުގެ ފަހުކޮޅުގައި ސާއިދު މި ނިކުންނަނީ 5 ވަނަ އޭޝިއަން ގޭމްސްއަށް!

ޙަސަން ސާއިދު---

ޖަޕާނުގެ އައިޗީ-ނަގޯޔާގައި މިހާރު ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްއަކީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ޙަސަން ސާއިދުގެ ކުޅިވަރު ހަޔާތުގައި ވަރަށް ހާއްސަ މުބާރާތެކެވެ. މިއީ އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތުގައި އޭނާ ފެނިގެންދާނެ ފަސްވަނަ ފަހަރެވެ.

Ad Image
Ads by

އެތުލެޓިކްސް ފަދަ ވާދަވެރި މައިދާނެއްގައި، މެދުކެނޑުމެއްނެތި ފަސް އޭޝިއަން ގޭމްސްގައި ގައުމު ތަމްސީލުކުރުމުގެ ފުރުސަތު ލިބުމަކީ ތާރީހުން ވެސް މަދުން ނޫނީ ނުފެންނަ ވަރުގެ ބޮޑު ޝަރަފެކެވެ.

އުމުރުން 34 އަހަރުގެ ސާއިދުގެ އޭޝިއަން ގޭމްސްގެ ދަތުރު ފެށުނީ މީގެ 16 އަހަރު ކުރިންނެވެ. އެއީ އުމުރުން އެންމެ 18 އަހަރުގައި، 2010 ވަނަ އަހަރު ޗައިނާގެ ގުއަންޒޫގައި ބޭއްވި އޭޝިއަން ގޭމްސްއިންނެވެ. އޭގެ ފަހުން، 2014 ވަނަ އަހަރު ދެކުނު ކޮރެއާގެ އިންޗިއޮން، 2018 ވަނަ އަހަރު އިންޑޮނޭޝިއާގެ ޖަކާޓާ-ޕަލެމްބަންގް އަދި 2023 ވަނަ އަހަރު ޗައިނާގެ ހަންގްޒޫގައި ބޭއްވުނު އޭޝިއަން ގޭމްސްތަކުގައި ވެސް ސާއިދު ވަނީ ވާދަކޮށްފައެވެ.

މި ފަހަރުގެ އޭޝިއަން ގޭމްސްއަށް ފުރުމުގެ ކުރިން މީސްމީޑިއާގައި ހިއްސާކުރި މެސެޖެއްގައި ސާއިދު ބުނެފައިވަނީ، ވޭތުވެދިޔަ ދިގު މުއްދަތުގައި ފަސް އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަން ލިބުމަކީ ފަހުރުވެރިވާ ކަމެއް ކަމަށެވެ. އަދި 2010 އިން ފެށިގެން މިހާތަނަށް ކޮންމެ މުބާރާތެއްގައި ވެސް ވާދަކުރެވުނީ ކުޅިވަރު ހަޔާތުގެ ތަފާތު މަރުހަލާތަކެއްގައި ކަމަށާއި، އެ ކޮންމެ މުބާރާތަކުން ވެސް އަގުނުކުރެވޭ ފަދަ ތަޖުރިބާތަކާއި މުހިންމު ފިލާވަޅުތަކެއް ހާސިލުކުރެވުނު ކަމަށް އޭނާ ފާހަގަކުރިއެވެ.

ރާއްޖެއަށް ބައިނަލްއަގުވާމީ ފެންވަރުގައި ރަން މެޑެލް ހޯދައިދީ، ރީތި ނަން ހޯދައިދީފައިވާ ސާއިދުގެ ކުޅިވަރު ހަޔާތުގެ މި މުހިންމު ހިސާބުން، މިއީ އޭނާ ފެނިގެންދާނެ އެންމެ ފަހު އޭޝިއަން ގޭމްސް ކަމަށް ބެލެވެއެވެ. ސަބަބަކީ، ގަތަރުގައި 2030 ވަނަ އަހަރު އޮންނަ އޭޝިއަން ގޭމްސް އަންނައިރު އޭނާގެ އުމުރުން 38 އަހަރު ވާނެތީއެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި މި އަހަރުގެ އޭޝިއަން ގޭމްސް މުބާރާތުގައި ސާއިދު ވާދަކުރުމަށް ހަމަޖެހިފައިވަނީ 100 މީޓަރު ދުވުމުގެ އިތުރުން ރިލޭ އިވެންޓުގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260924_233339
ޒެލެންސްކީ އދ. ގައި ތަޤުރީރުކުރުމުގެ މަދު ގަޑިއިރުތަކެއް ކުރިން ރަޝިޔާއިން ކީވްއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
big_nwwN1oLyFmbtXunsQ5NTGhqXJ
ގުރުއާނާ ބެހޭ ދާއިރާއިން ރާއްޖޭގައި ފެންނަމުން ދަނީ އުންމީދީ ދުވަސްތަކެއް: ޝަހީމް
Quran mubaaraaiy38
ޤުރުއާން މުބާރާތުގެ އެއްވަނަ ހޯދައި ރައީސްގެ އިނާމް އިޒުއާން، އާޔަން އަދި ޒީކް ހޯދައިފި
download - 2026-09-24T195609
ޗައިނާ-ރާއްޖެ އެއްބަސްވުންތަކުގެ ޙަޤީޤީ ފައިދާ ފެންނަނީ ރައްޔިތުންގެ ދިރިއުޅުމުން: ރައީސް
Ads by
މަގުބޫލު
Nasheed 5652
ދަރަނި އަދާކުރުމަކީ އުފާ ކުރަންޖެހޭ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވުމުން ޒަމްޒަމް ފާރިޝް ރައްދު ދެއްވައިފި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260918_171259
މުޙައްމަދު ޢަލީ އިސްލާމްދީން ޤަބޫލުކުރުމުން، ޢާއިލާއިން އޭނާއަށް ބިރުދައްކައި ބަންދުކުރި މައްސަލައިގާ ކޯޓުން އޭނާ ދޫކޮށްލުމަށް ޢަމުރުކޮށްފި
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Nasheed 5652
ދަރަނި އަދާކުރުމަކީ އުފާ ކުރަންޖެހޭ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވުމުން ޒަމްޒަމް ފާރިޝް ރައްދު ދެއްވައިފި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260918_171259
މުޙައްމަދު ޢަލީ އިސްލާމްދީން ޤަބޫލުކުރުމުން، ޢާއިލާއިން އޭނާއަށް ބިރުދައްކައި ބަންދުކުރި މައްސަލައިގާ ކޯޓުން އޭނާ ދޫކޮށްލުމަށް ޢަމުރުކޮށްފި
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ