Ads by
ޚަބަރު
ރާއްޖެ އެތެރެކުރަން އުޅުނު 490 ގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފި

ކުރިއަރ މެދުވެރކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

Ads by Eki Online

ކަސްޓަމަސް އިން ބުނީ މިތަކެތި އަތުލައިގަނެވިފައވަނީ، ކުރިއަރ މެދުވެރިކޮށް އެމެރިކާއިން ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލެއް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން 4 އޮގަސްޓް 2023 ވަނަ ދުވަހު ބަލާ ފާސްކުރެވުނު މި ޕާރުސަލުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ހިކި ފަތްތަކެއް ފެނިފައިވާއިރު، ފުރަތަމަ މަރުހަލާގައި ކަސްޓަމަސް އިން މި ތަކެތި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

އަދި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 490 ގްރާމް ހުރި ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ހިދުމަތާއި ހަވާލުކޮށްފައި ކަމަށްވެސް ކަސްޓަމަސް އިން ބުނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *