Friday, 25 September 2026
Ads by

ރަޝިޔާގެ ޕާލަމެންޓުގެ ރެކޯޑް ޢަދަދެއްގެ ގޮނޑި ޕުޓިންގެ ޕާޓީއިން ކާމިޔާބުކޮށްފި

ރަޝިޔާގެ ޕާލަމެންޓުގެ ރެކޯޑް ޢަދަދެއްގެ ގޮނޑި ޕުޓިންގެ ޕާޓީއިން ކާމިޔާބުކޮށްފި

(ފޮޓޯ ކޮލާޖު)

ރަޝިޔާގެ ޤާނޫނުހަދާ މަޖިލީހުގެ ތިރީގެ (ސްޓޭޓް ޑޫމާ) ގެ އިންތިޚާބުގައި ރައީސް ލަޑިމިއަރ ޕުޓިންގެ ’ޔުނައިޓެޑް ރަޝިޔާ‘ ޕާޓީއިން ރެކޯޑް ޢަދަދަކަށް ގޮނޑި ކާމިޔާބުކޮށް، ޕާލަމެންޓުގެ ފުރިހަމަ ކޮންޓްރޯލް ހޯދައިފިއެވެ.

Ad Image
Ads by

ރަޝިޔާގެ ސެންޓްރަލް އިލެކްޝަން ކޮމިޝަން (ސީއީސީ) ގެ ވެރިޔާ އެލާ ޕަމްފިލޯވާ ހޯމަ ދުވަހު އިޢުލާނުކުރި ވަގުތީ ނަތީޖާ ދައްކާގޮތުން، 450 ގޮނޑީގެ މައްޗަށް އެކުލެވޭ ޑޫމާގެ 355 ގޮނޑި ޔުނައިޓެޑް ރަޝިޔާއިން ވަނީ ކާމިޔާބުކޮށްފައެވެ. މިއީ 2016 ވަނަ އަހަރު އެ ޕާޓީން ހެދި 343 ގޮނޑީގެ ރެކޯޑް މުގުރާލުމެކެވެ.

ވޯޓުގެ %95 ގުނައި ނިމުނުއިރު، ޔުނައިޓެޑް ރަޝިޔާއަށް ވަނީ %57.8 ވޯޓު ލިބިފައެވެ. 355 ގޮނޑިއާއެކު، ޤާނޫނުއަސާސީއަށް ބަދަލުގެނައުމަށް ބޭނުންވާ ސުޕަރމެޖޯރިޓީ (301 ގޮނޑި) އެ ޕާޓީން ވަނީ ފަސޭހަކަމާއެކު ހޯދާފައެވެ. ދެވަނައަށް އެންމެ ގިނަ ގޮނޑި ހޯދީ 40 ގޮނޑިއާއެކު ކޮމިއުނިސްޓް ޕާޓީ (ކޭޕީއާރުއެފް) އިންނެވެ. ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީއާރުޕީ) އަށް 25 ގޮނޑި، އަދި ނިއު ޕީޕަލް ޕާޓީއަށް 20 ގޮނޑި ވަނީ ލިބިފައެވެ.

ސީއީސީގެ ވެރިޔާ ފާހަގަކުރެއްވި ގޮތުގައި މި އިންތިޚާބުގައި %59.32 މީހުން ވޯޓުލާފައިވާއިރު، މިއީ ޕާލަމެންޓަރީ އިންތިޚާބެއްގައި މިހާތަނަށް އެންމެ ގިނަ މީހުން ވޯޓުލީ ފަހަރެވެ. 3 ދުވަހަށް ދެމިގެންދިޔަ މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދިޔައީ، ޔޫކްރެއިންގެ ޑްރޯން ޙަމަލާތަކެއް މޮސްކޯއަށް އަމާޒުވަމުންދިޔަ ދަނޑިވަޅެއްގައެވެ. ރަޝިޔާއިން ބުނާގޮތުގައި މިއީ އިންތިޚާބަށް ހުރަސްއެޅުމަށް ޔޫކްރެއިން އިން ގަސްތުގައި ދިން ޙަމަލާތަކެކެވެ.

މި ބޮޑު ކާމިޔާބީއާއެކު، ޔޫކްރެއިން ހަނގުރާމައަށް ބޭނުންވާ ފައިސާ ފާސްކުރުމަށާއި، ޕުޓިން ބޭނުންވާ ކޮންމެ ޤާނޫނެއް އެއްވެސް ހުރަހަކާ ނުލައި ޑޫމާއިން ފާސްކުރުމުގެ ފުރިހަމަ ބާރު ސަރުކާރަށް ލިބިގެންދާނެއެވެ. މީގެ އިތުރުން، ރަޝިޔާއިން ހިފާފައިވާ ޔޫކްރެއިންގެ ސަރަޙައްދުތަކުގައިވެސް މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260924_233339
ޒެލެންސްކީ އދ. ގައި ތަޤުރީރުކުރުމުގެ މަދު ގަޑިއިރުތަކެއް ކުރިން ރަޝިޔާއިން ކީވްއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
big_nwwN1oLyFmbtXunsQ5NTGhqXJ
ގުރުއާނާ ބެހޭ ދާއިރާއިން ރާއްޖޭގައި ފެންނަމުން ދަނީ އުންމީދީ ދުވަސްތަކެއް: ޝަހީމް
Quran mubaaraaiy38
ޤުރުއާން މުބާރާތުގެ އެއްވަނަ ހޯދައި ރައީސްގެ އިނާމް އިޒުއާން، އާޔަން އަދި ޒީކް ހޯދައިފި
download - 2026-09-24T195609
ޗައިނާ-ރާއްޖެ އެއްބަސްވުންތަކުގެ ޙަޤީޤީ ފައިދާ ފެންނަނީ ރައްޔިތުންގެ ދިރިއުޅުމުން: ރައީސް
Ads by
މަގުބޫލު
Nasheed 5652
ދަރަނި އަދާކުރުމަކީ އުފާ ކުރަންޖެހޭ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވުމުން ޒަމްޒަމް ފާރިޝް ރައްދު ދެއްވައިފި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260918_171259
މުޙައްމަދު ޢަލީ އިސްލާމްދީން ޤަބޫލުކުރުމުން، ޢާއިލާއިން އޭނާއަށް ބިރުދައްކައި ބަންދުކުރި މައްސަލައިގާ ކޯޓުން އޭނާ ދޫކޮށްލުމަށް ޢަމުރުކޮށްފި
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ