Ads by
ޚަބަރު
ރިޔާޒް ރަޝީދުގެ ތާއީދު އެމްޑީޕީ ކެންޑިޑޭޓް ރައީސް ޞާލިޙަށް
ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒު ރަޝީދު، ރައީސް ޞާލިހާ ބައްދަލުކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިގެން

ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދުކުރުމަށް ނިންމައިފިއެވެ.

Ads by Eki Online

ރިޔާޒް، ރައީސް ޞާލިޙަށް ތާއީދު ކުރައްވާކަން އިއުލާން ކުރެއްވީ އެމަނިކުފާނާއެކީގައި ނަންގަވާފައިވާ ފޮޓޯއަކާއެކު ރޭ ކުރެއްވި ޓުވީޓެއްގައެވެ.

“ހާއްސަ މަޖިލިހުގައާއި ރައްޔިތުންގެ މަޖިލިހުގައި އަޅުގަނޑާއި އެކު އިސްލާހީ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުގެ އަހު އިބްރާހިމް މުހައްމަދު ޞާލިޙަށް މި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދުކުރަން އަޅުގަނޑު ނިންމައިފިން،” ރައީސް ޓެގް ކުރައްވައި ކުރެއްވި ޓުވީޓުގައި ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ރައީސް ޞާލިޙަށް ތާއީދުކުރުމަށް ނިންމާފައިވާއިރު، ޖުމްހޫރީ ޕާޓީން ވަނީ ދެވަނަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް ތާއީދުނުކުރުމަށް ނިންމާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *