ސޯސަންމަގުގައި ހުންނަ ސިޓީ ބޭކަރީ ކައިރީގައި މިރޭ ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ދެ ފިރިހެނުންނަށާއި އަންހެނަކަށެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއާއި ފޮޓޯތަކުން ފެންނަ ގޮތުގައި މި އެކްސިޑެންޓުގައި އެންމެ ބޮޑަށް އަނިޔާވެފައިވަނީ ސައިކަލުގެ ފަހަތުގައި އިން އަންހެން މީހާއަށެވެ. އެގޮތުން އޭނާގެ ބޯ ފަޅައިގެން ގޮސް، ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ. މީގެއިތުރުން، މި އެކްސިޑެންޓުގައި ހިމެނޭ ދެ ފިރިހެނުންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.
އެ ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.













