Monday, 21 September 2026
Ads by

ބޮޑުތަކުރުފާނު މަގު ތަރައްގީކުރަން ވެސްޓްޕާކް ސަރަހައްދުން އެއްފަޅި މިރޭ ބަންދުކުރަނީ

ބޮޑުތަކުރުފާނު މަގު ތަރައްގީކުރަން ވެސްޓްޕާކް ސަރަހައްދުން އެއްފަޅި މިރޭ ބަންދުކުރަނީ

ބޮޑުތަކުރުފާނު މަގުގެ ތަރައްގީކުރާ ސަރަހައްދު---

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ އަމަލީ މަސައްކަތްތަކަށް ތައްޔާރުވުމުގެ ގޮތުން، ވެސްޓްޕާކް ސަރަހައްދުން އެ މަގުގެ އެއްފަޅި މިރޭ ބަންދުކުރުމަށް ނިންމައިފިއެވެ.

Ad Image
Ads by

މި މަޝްރޫއުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފައިވަނީ، ތިންވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށުމަށް ވާންޖެހޭ އެންމެހައި ތައްޔާރީތައް ފުރިހަމަކުރުމަށްޓަކައި، މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއްފަޅި އާންމު ދަތުރުފަތުރަށް ބަންދުވާނެ ކަމަށެވެ. އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ

މަގު ބަންދުކުރުމާ ގުޅިގެން އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ކުރިމަތިވެދާނެ ދަތިތަކަށްޓަކައި އެމްޓީސީސީން ވަނީ މައާފަށް އެދިފައެވެ. އަދި މަސައްކަތް ކުރިއަށްދާއިރު ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ މި މުހިންމު މަޝްރޫއުގެ ދަށުން، ބޮޑުތަކުރުފާނު މަގުގެ އެކި ސަރަހައްދުތަކުގައި ތާރުއެޅުމުގެ އިތުރުން، ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްތައް މިހާރުވެސް ބާރުދުވެލީގައި ދަނީ ކުރިއަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260920_224720
ހޫޘީންގެ ޙަމަލާތަކާ ގުޅިގެން ސަޢޫދީގެ ދިފާޢުގައި ތުރުކީ އާއި ޕާކިސްތާނުން ތެދުވެއްޖެ
20260920_211927
ހޫޘީން ރިޔާޟަށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ވައްޓާލައިފިކަމަށް ސަޢޫދީ ކޯލިޝަނުން ބުނެފި
20260920_213847
ސަޢޫދީގެ ވެރިރަށަށް ހޫޘީން ދިން ޙަމަލާ ޢަރަބި ޤައުމުތަކުން ކުށްވެރިކޮށްފި
big_ubKu1fAPO6Z6TrYjoD05w95De (1)
ބޮޑުތަކުރުފާނު މަގު ތަރައްގީކުރަން ވެސްޓްޕާކް ސަރަހައްދުން އެއްފަޅި މިރޭ ބަންދުކުރަނީ
Ads by
މަގުބޫލު
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ
Nasheed 5652
ދަރަނި އަދާކުރުމަކީ އުފާ ކުރަންޖެހޭ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވުމުން ޒަމްޒަމް ފާރިޝް ރައްދު ދެއްވައިފި