މިއަދު ފެށުނު ކެމްބްރިޖް އައިޖީސީއެސްއީ އަދި އެސްއެސްސީ (އޯލެވެލް) އިމްތިހާނުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ހިތްވަރު ދެއްވައި، ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެންފިއެވެ.
ނައިބު ރައީސް ދެއްވި މެސެޖެއްގައި ވިދާޅުވީ، މި އިމްތިހާނަކީ ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާއެކު ދަރިވަރުން ވޭތުވެދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ މުހިންމު އިމްތިހާނެއް ކަމަށެވެ. އެހެންކަމުން، ކޮންމެ ދަރިވަރަކު ވެސް އަމިއްލަ ނަފްސަށް އިތުބާރު ކުރުމާއެކު، އެންމެ ރަނގަޅު ނަތީޖާ ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް އެމަނިކުފާނު ވަނީ ހިތްވަރު ދެއްވައިފައެވެ.
އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިހާނުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް ހިތްވަރުދީ، ފުރިހަމަ ކާމިޔާބީއަށް އެދެން.
މިއީ ލޮބުވެތި ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާއެކު ތިޔަ ދަރިވަރުން މި ވޭތުވެދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ… pic.twitter.com/tYA5iu7GjL— Hussain Mohamed Latheef (@HucenSembe) September 20, 2026
މީގެއިތުރުން، އިމްތިހާނުގެ ކާމިޔާބީއަށް އެދި އުންމީދާއެކު މާތްﷲ ގެ ހަޟްރަތުގައި ދުއާ ދެންނެވުން ގިނަ ކުރުމަށް ވެސް ނައިބު ރައީސް ވަނީ ހުރިހާ ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
ނައިބު ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވަނީ، އިމްތިހާނުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް ސާބިތުކަން ދެއްވައި ފުރިހަމަ ކާމިޔާބީ މިންވަރު ކުރެއްވުމަށާއި، އަދި އެ ދަރިވަރުންނަށް ފާގަތި މުސްތަގުބަލެއް މިންވަރުކޮށްދެއްވުން އެދި ދުއާ ކުރައްވާފައެވެ.













