ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް ދ. މީދޫ، އަސަރީގެ، އަޙްމަދު ނިޒާމް މިއަދު އައްޔަނުކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައިވާ ގޮތުގައި، ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް އަޙްމަދު ނިޒާމް އައްޔަނުކުރައްވާފައިވަނީ މިއަދުން ފެށިގެންނެވެ.
ދައުލަތުގެ ވިޔަފާރި ތަންތަން ހިންގުމާއި، ބެލެހެއްޓުމުގެ އިތުރުން ޕްރައިވަޓައިޒް ކުރުމުގެ ގާނޫނުގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަނުކުރުމާއި ވަކިކުރުމުގެ ގާނޫނީ ޒިންމާއާއި ބާރު މަތިކޮށްފައިވަނީ ޕީސީބީ އަށެވެ.
ސްޓެލްކޯގެ ބޯޑަށް ގެނެވުނު މި ބަދަލާއެކު، ސަރުކާރުގެ މައި އެއް ހިދުމަތްތެރި ކުންފުނި ކަމަށްވާ ސްޓެލްކޯގެ ހިންގުން އިތުރަށް ހަރުދަނާވެ، ކުންފުނީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ބޯޑުގެ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށް ބެލެވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާރުވެސް ގެންދަވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި ގިނަގުނަ އިސްލާހީ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.














