Ads by
ޚަބަރު
ސިޓީ ކައުންސިލުން ތަރައްޤީކުރި މާފަންނު ދެކުނު ހިތްފަސޭހަ މައިޒާން ހުޅުވައިފި

މާލެސިޓީ ކައުންސިލުން ތަރައްޤީކުރި މާފަންނު ދެކުނު ހިތްފަސޭހަ މައިޒާން ހުޅުވައިފިއެވެ.

Ads by Eki Online

އަންގާރަ ދުވަހުގެ ހަވީރު ހެންވޭރުކޮޅު އިސްކަންދަރު މައިޒާން އަލުން އާބަތުރަ ފިލުވާ ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށް ހުޅުވުމަށްފަހު މާފަންނު މުއިވެޔޮދޮށު މައިޒާން ކައިރީގައި އެ ސަރަޙައްދުގެ ރައްޔިތުންގެ އެއްބާރުލުމާއެކު ހިތްފަސޭހަ މައިޒާން ހުޅުވައިދެއްވީ މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މޭޔަރ ވިދާޅުވީ އެދުވަހު މާލޭގައި 3 ޕާކު ހުޅުވިގެން ދިޔަ ކަމަށާއި، އެހެން ނަމަވެސް ވެރިކަން ބަދަލުވެގެން ދިޔުމާއެކު މިތަންތަން ވީރާނާވެގެންދިޔައީ ކަމަށެވެ. އަދި މާފަންނުގައި މުއިވެޔޮދޮށު މައިޒާން ހިތްފަސޭހަ ތަނަކަށް ބަދަލުކުރެވި، އެ ސަރަޙައްދުގައި އަލުން ހުޅުވިގެން މިދިޔައީ މުޅިން އަލަށް އިތުރުކުރި ބަޔާއެކުގައި ކަމަށާއި، އޭގެ ސަބަބުން މުއިވެޔޮދޮށު މައިޒާނަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމަށް މޭޔަރ މުޢިއްޒު ވިދާޅުވިއެވެ.

މާފަންނު ދެކުނު ހިތްފަސޭހަ މައިޒާން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ ވިދާޅުވީ މިގޮތަށް މިތަން ހުޅުވިގެން ދިއުމަކީ އެކަމަށްޓަކާ ވަރަށް އުފާކުރައްވާ ކަމެއް ކަމަށާއި، މިތަނުގެ ބޭނުން މި ސަރަޙައްދުގެ ހުރިހާ ޢާއިލާތަކަށް ބޭނުންކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އެ މައިޒާން ތަރައްޤީކުރުމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށާއި ޚާއްސަކޮށް މާފަންނު ދެކުނުގެ ރައްޔިތުންނަށް މޭޔަރ މުޢިއްޒު ވަނީ ޝުކުރު ދަންނަވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *