Saturday, 17 October 2026
Ads by

އެފްބީއައި ނޭޝަނަލް އެކެޑަމީގެ 299 ވަނަ ސެޝަން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ޝިފާޢު ފުރިހަމަކުރައްވައިފި

އެފްބީއައި ނޭޝަނަލް އެކެޑަމީގެ 299 ވަނަ ސެޝަން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ޝިފާޢު ފުރިހަމަކުރައްވައިފި

އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމެއް ކަމަށްވާ ”އެފްބީއައި ނޭޝަނަލް އެކެޑަމީ“ ގެ 299 ވަނަ ސެޝަން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ޝިފާޢު ކާމިޔާބުކަމާއެކު ފުރިހަމަކުރައްވައިފިއެވެ.

Ad Image
Ads by

އެމެރިކާގެ ވާޖީނިއާގެ ކުއަންޓިކޯގައި ހުންނަ އެފްބީއައި ޓްރެއިނިންގ އެކެޑަމީގައި 10 ހަފުތާގެ މުއްދަތަށް ކުރިއަށްދިޔަ މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 2026 ސެޕްޓެމްބަރު 17 ގައެވެ. މި ސެޝަންގައި އެމެރިކާގެ 44 ސްޓޭޓަކާއި ޑިސްޓްރިކްޓް އޮފް ކޮލަމްބިއާގެ އިތުރުން، ދުނިޔޭގެ 28 ގައުމަކުން 29 އޮފިސަރުންނާއި، އަސްކަރިއްޔާގެ ފަސް އިދާރާއަކާއި ފެޑެރަލް ސިވިލިއަން ހަތަރު އިދާރާއެއް ހިމެނޭހެން ޖުމްލަ 265 ގާނޫނު ތަންފީޒުކުރާ އޮފިސަރުން ދަސްވެނިވިއެވެ. މި ރަސްމިއްޔާތުގައި އެފްބީއައިގެ ޑިރެކްޓަރ ކަޝްޔަޕް ޕީ. ޕަޓޭލް ވާހަކަފުޅު ދެއްކެވިއިރު، ދަސްވެނިވި އޮފިސަރުންގެ ފަރާތުން ކްލާސް ސްޕޯކްސްޕަރސަންގެ ގޮތުގައި ވާހަކަދެއްކެވީ ވޮޝިންގޓަން ޑީސީގެ މެޓްރޯޕޮލިޓަން ޕޮލިސް ޑިޕާޓްމަންޓުގެ ޑާނެލް ރޮބިންސަންއެވެ.

1935 ވަނަ އަހަރު ގާއިމުކުރެވުނު އެފްބީއައި ނޭޝަނަލް އެކެޑަމީއަކީ ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި ފަންނީ މަތީ ތައުލީމާއި ތަމްރީނު ދިނުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަގުބޫލު އެކެޑަމީއެކެވެ. މި ސެޝަނާއެކު މިހާތަނަށް އެ އެކެޑަމީން 57,461 އޮފިސަރުން ދަސްވެނިވެފައިވާއިރު، މި ޕްރޮގްރާމްގައި ބައިވެރިވާ އޮފިސަރުންނަކީ ގާނޫނު ތަންފީޒުކުރުމުގެ ހިދުމަތުގައި އެވްރެޖްކޮށް 21 އަހަރުގެ ތަޖުރިބާ ލިބިފައިވާ، އިސް މަގާމުތައް ފުރުއްވާ ބޭފުޅުންނެވެ.

އެފްބީއައިގެ ހާއްސަ އިންސްޓްރަކްޓަރުންނާއި ސްޕެޝަލް އޭޖެންޓުން ތަމްރީނު ދެއްވި މި ކޯހުގެ މުގައްރަރު ބިނާވެފައިވަނީ އެޑްވާންސްޑް ކޮމިއުނިކޭޝަންއާއި، ލީޑަރޝިޕް، ފިޓްނަސް ޓްރޭނިންގ، ގާނޫނު، ބިހޭވިއަރަލް ސައިންސް އަދި ފޮރެންސިކް ސައިންސްގެ މައްޗަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި 1972 ވަނަ އަހަރުން ފެށިގެން މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ޔުނިވަރސިޓީ އޮފް ވާޖީނިއާއިން އެކްރެޑިޓްކޮށްފައިވާ އަންޑަރގްރެޖުއޭޓް އަދި ގްރެޖުއޭޓް އެކަޑަމިކް ކްރެޑިޓް ލިބިގެންދެއެވެ.

ފުލުހުން ބުނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ޝިފާޢު މި ތަމްރީނު ފުރިހަމަކުރެއްވުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ލީޑަރޝިޕް ހުނަރުތަކާއި، ޕްރޮފެޝަނަލް ޕޮލިސިންގ މިންގަނޑުތައް އިތުރަށް ހަރުދަނާކުރުމަށާއި، ބައިނަލްއަގުވާމީ ގާނޫނު ތަންފީޒުކުރާ އިދާރާތަކާއެކު އޮންނަ ގުޅުން ވަރުގަދަކޮށް މުއައްސަސާގެ އެތެރޭގައި އިލްމާއި ތަޖުރިބާ ހިއްސާކުރުމަށް ލިބިގެންދިޔަ މުހިންމު ފުރުސަތެއްކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Ronaldo 565
ރޮނާލްޑޯއަށް ފީފާއިން ވަކި ޚާއްޞަ އިނާޔަތްތަކެއް ދިން ކަމަށް ބުނެ ސައުތުގޭޓް ތުހުމަތުކޮށްފި
download - 2026-10-17T081440
މާލޭގެ 14 ބިމެއް ސަރުކާރަށް ނަގާ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންދަން ސިޓީ ކައުންސިލުން ނިންމައިފި
download - 2026-10-17T061355
ޔަމަނުގެ ޢަދަން އެއާޕޯޓަށް ޙޫޘީންގެ މިސައިލް ހަމަލާތަކެއް
Bridge cinamale
ހައިވޭގައި ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއް ވެއްޖެ
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި