Sunday, 20 September 2026
Ads by

ޒުވާނުންގެ ކައުންސެލިންގ އަށް ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން ”1456“ އިފްތިތާޙުކޮށްފި

ޒުވާނުންގެ ކައުންސެލިންގ އަށް ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން ”1456“ އިފްތިތާޙުކޮށްފި

ދިވެހި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް، ނަފްސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމުގެ މަގުސަދުގައި ޒުވާނުންގެ ކައުންސެލިންގ ހިދުމަތަށް ހާއްސަ ޓޯލް-ފްރީ (ހިލޭ ގުޅޭ) ހޮޓްލައިން ”1456“ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

Ad Image
Ads by

މި ހިދުމަތުގެ މައިގަނޑު އަމާޒަކީ ކޮންމެ ޒުވާނަކަށްވެސް އެ މީހެއްގެ ބޭނުންތަކާ އެކަށޭނަ ގޮތެއްގައި، އެއް ފުރާޅެއްގެ ދަށުން ކައުންސެލިންގއާއި ނަފްސާނީ ސިއްހަތުގެ އެހީތެރިކަމުގެ އިތުރުން، ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ ލަފައާއި އިރުޝާދު ލުއިފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

މި ހޮޓްލައިން މެދުވެރިކޮށް ވަކިވަކި ފަރުދުންނަށާއި އާއިލާތަކަށް ހާއްސަ ކައުންސެލިންގ ހިދުމަތާއި، ނަފްސާނީ ސިއްހަތާ ގުޅުންހުރި ފަންނީ ލަފައާއި އިރުޝާދުގެ އިތުރުން ކުއްލި ހާލަތްތަކުގައި ބޭނުންވާ ނަފްސާނީ އެހީތެރިކަން ލިބިގެންދާނެއެވެ. މީގެ އިތުރުން ސިއްހީ ސްކްރީނިންގ ހިދުމަތްތަކާއި، ދިރިއުޅުމުގެ މުހިންމު ހުނަރުތައް ތަރައްގީކުރުމާއި ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުމުގެ ސެޝަންތަކުގެ އިތުރުން، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަންވެސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ހިދުމަތަކީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އާ ދެމެދު ”1456“ އަށް ގުޅައިގެން މުޅިން ހިލޭ ލިބޭނެ ހިދުމަތެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
818384532_1470833801761570_708169612752783439_n
އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ލޯގޯ ފަރުމާކުރުމަށް ހުޅުވާލައިފި، "އެކި އެމްވީ" އިން ބައިވެރިވާނެ
sembe
އޯލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް، ނައިބު ރައީސް ކާމިޔާބީއަށް އެދިވަޑައިގެންފި
download - 2026-09-20T181257
ބޯޑިން ޕާސްގެ ފޮޓޯ އާންމުކުރުން ހުއްޓާލަން ސައިބާ މާހިރުންގެ އިންޒާރެއް!
maurifa555
މަޢުރިފާ 2026 ފޮތް މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
Ads by
މަގުބޫލު
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ