އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ) ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައި-ލެވެލް ހަފްތާގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވުމަށްޓަކައި، ނައިބު ރައީސް ހުސައިން މުހައްމަދު ލަޠީފް އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގެންފިއެވެ.
އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ނައިބު ރައީސް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި، އދ. ގެ މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ރާއްޖޭގެ ފަރާތުން ރަސްމީ ބަޔާން އިއްވެވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، އެކި ގައުމުތަކުގެ އިސްވެރިންނާއެކު ބޭއްވޭ ދޭދޭ މަޝްވަރާތަކާއި، ގިނަ ގައުމުތައް އެކުވެގެން ބާއްވާ މުހިންމު ބައްދަލުވުންތަކުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
މި ދަތުރުފުޅުގެ ތެރެއިން އާންމު މަޖިލީހުގެ ބަހުސް ހުޅުވުމުގެ ރަސްމިއްޔާތުގެ އިތުރުން، މި ބައްދަލުވުމުގެ ހަވާސާގައި ކުރިއަށްދާ އެކި އެކި ޙަފްލާތަކުގައިވެސް ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.













